Advertisement
ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 06:57
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ: ދީބާޖާއަށް ދައްކަން ޖެހޭ އަދަދަކީ ބޮޑު އަދަދެއް ކަމަށް ރައީސް ވިދާޅުވި
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ: ދީބާޖާއަށް ދައްކަން ޖެހޭ އަދަދަކީ ބޮޑު އަދަދެއް ކަމަށް ރައީސް ވިދާޅުވި
ރައީސް އޮފީސް
ދީބާޖާ އިންވެސްޓްމެންޓް
ދީބާޖާ މައްސަލަ: ހައްލެއް ހޯދަން ސަރުކާރުން މަޝްވަރާ ކުރަނީ
މި އެއްބަސްވުން ބާތިލްކުރީ ރައީސް ވަހީދުގެ ވެރިކަމުގައި
ދައްކަން ޖެހޭ އަދަދު ބޮޑު ކަމަށް ރައީސް ވިދާޅުވި
އަޑު އެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މޭ މަހުގެ 23 ވަނަ ދުވަހު

ހަތަރު އަތޮޅެއްގެ ފެރީގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި ހަވާލު ކުރީ ދީބާޖާ އިންވެސްޓްމެންޓަށް ދައުލަތުން 348 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފައިވާތީ، އެކަމަށް ރަނގަޅު ހައްލެއް ހޯދުމަށް އެޓަރނީ ޖެނެރަލް އޮފީހުން ދީބާޖާއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ދީބާޖާއަށް ދައްކަން ޖެހޭ އަދަދަކީ ބޮޑު އަދަދެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެހެން ކަމުން އެއަށް ރަނގަޅު ހައްލެއް ހޯދުމަށް ދީބާޖާއާއެކު އޭޖީން މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

Advertisement

އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ އޭޕްރިލް މަހުއެވެ.

އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލު ކޮށްދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ސިވިލް ކޯޓުގައި މީގެ ކުރިން އެދިފައެވެ. އެ މައްސަލާގައި ފަނޑިޔާރުން ރިޝްވަތު ނެގިކަމުގެ ވާހަކައެއްވެސް ފެންމަތިވިއެވެ. އެކަމަކު ޑިޖޭއޭއިން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ދީބާޖާ ކުންފުނީގެ ޗެއާމަން އިބްރާހިމް ރަޝީދު އެންމެ ފަހުން ބޭއްވި ކޯޓު އަޑުއެހުމަށް ފަހު

ދީބާޖާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މޭ މަހުގެ 23 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އެ ކުންފުންޏަށް ފައިސާ ދައްކާނެ ގޮތް ސިވިލް ކޯޓަށް ހުށަހަޅަން ދައުލަތުން ވަނީ އެއްބަސްވެފައެވެ.

ދީބާޖާ އިންވެސްޓްމަންޓުގެ ޗެއާމަން އިބްރާހިމް ރަޝީދު ވިދާޅުވެފައިވަނީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތަށް ދެން އިތުރު ފުރުސަތު ދޭން ނުފެންނަ ކަމަށެވެ. އަދި އެކަމުގައި ކޯޓުން ފެންނަ ގޮތަކަށް ގޮތެއް ކަނޑައަޅައި، ފައިސާ ދައްކަންޖެހޭ މުއްދަތުތައް ކޯޓުން ކަނޑައަޅައިދިނުމަށް އެ ޝަރިއްޔަތުގައި އޭނާ ވަނީ އެދިވަޑައިގެންފައެވެ. އޭގެ ފަހުން ޖޫން މަހުގެ 13 ވަނަ ދުވަހަށް އަޑުއެހުމެއް ބާއްވަން ތާވަލުކުރި ނަމަވެސް ބާއްވާފައެއް ނުވެއެވެ.

ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނީ ހަތަރު އަތޮޅެއްގެ ފެރީގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ.

Advertisement

Advertisement
- ކޮމެންޓް