ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 06:10
ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާ ދަތުރު
ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާ ދަތުރު
އެމްއެންޑީއެފް
އެމްއެންޑީއެފް
ނިއު ދިއްލީގައި ހުންނަ އިންޓަރގްރޭޓެޑް ހެޑްކްއޯޓާރޒް އޮފް ޑިފެންސް ސްޓާފް އަށް ޝަމާލް ޒިޔާރަތްކުރައްވައިފި
މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް އަށް ވަނީ އޮނަރ ގާރޑެއް އަރުވައިފަ

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިއުދިއްލީގައި ހުންނަ އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒް އޮފް ޑިފެންސް ސްޓާފް އަށް ބުރާސްފަތި ދުވަހު ޒިޔާރަތްކުރައްވައިފިއެވެ

މި ޒިޔާރާތުގައި އެ ހެޑްކްއޯޓަރޒްއިން، ޗީފް އޮފް ޑިފެންސް ފޯސް އަށް ވަނީ އޮނަރ ގާރޑެއް އަރުވައި ވަރަށް ހޫނު މަރުޙަބާއެއް ދައްނަވާފައެވެ. އަދި ހެޑްކްއޯޓަރޒްގައި މެހެމާނުން ސޮއި ކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއިކުރައްވާފައެވެ.

މީގެ އިތުރުން، މިއަދު ޗީފް އޮފް ޑިފެންސް ފޯސް ވަނީ ދިއްލީގައި ހުއްނަ ވޯރ މެމޯރިއަލްއަށް ޒިޔާރާތްކުރައްވާ، އެތަނުގައި ގާއިމްކޮށްފައިވާ ޝަހީދުންގެ ބިނާއަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ކުރައްވާ 5 ދުވަހުގެ ދަތުރުފުޅެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތްކުރައްވައި، ލެކްޗަރއެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް