Advertisement
ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 06:02
ވ.ފެލިދޫ
ވ.ފެލިދޫ
ގޫގުލް
ޔޫތް މިނިސްޓްރީ
ފެލިދޫގައި ޕާކެއް ހެދުމަށް ދާއިރާގެ މެމްބަރާ މަަޝްވަރާނުކުރަން: ޔޫތު
ރަށްރަށުގައި ގާއިމްކުރާ ވަސީލަތްތަކަކީ ވަކި މީހަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ފައިދާ ހޯދައިދިނުމުގެ ގޮތުން ކުރާ ކަންތައްތައް ނޫން
ނާޖާއިޒު ފައިދާ އެއްވެސް ފަރާތަކުން ނުނެގުމަށް ގޮވާލި

ވ. ފެލިދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމާ ގުޅޭ ގޮތުން އެއްވެސް އިރެއްގައި އެ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދުއާ މަޝްވަރާ ކުރެވިފައި ނުވާނެ ކަމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ބުނެފިއެވެ.

ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެލިދޫ ރައްޔިތުންނާއި ކައުންސިލުގެ އެދުމުގެ މަތިން އެ ރަށުގައި ކުޑަކުދިންގެ ޕާކެއް ގާއިމުކުރުމަށް މިނިސްޓްރީން ފޮނުވި ސާމާނު ކަމަށް ދޭހަވާ ގޮތަށް ސާމާނުތަކެއްގެ ބޭރުގައި "އެމްޕީ ފަޒުލް" ލިޔެ، ހަގީގަތް އޮޅުވާލާފައިވާކަމުގެ މައުލޫމާތު ފޮޓޯއާއެކު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

Advertisement

ރައްޔިތުންގެ އެކިއެކި ބޭނުންތައް ފުއްދައިދިނުމަށް ސަރުކާރުން ރަށްރަށުގައި ގާއިމްކުރާ ވަސީލަތްތަކަކީ ވަކި މީހަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ފައިދާ ހޯދައިދިނުމުގެ ގޮތުން ކުރާ ކަންތައްތައް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ ފައިދާ އާއި ލާބަޔަށް ސަރުކާރުން ކުރާ ކަންކަމުގެ ނާޖާއިޒު ފައިދާ އެއްވެސް ފަރާތަކުން ނަގައި، އެފަދަ ކަންކަމުގައި ބޭނުން ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
- ކޮމެންޓް