Advertisement
ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 19:02
18 ވަނަ އިންޓަރނޭޝަނަލް އިލެޓޯރަލް އެފެއާޒް ސިމްޕޯސިއަމް ގެ ތެރެއިން
18 ވަނަ އިންޓަރނޭޝަނަލް އިލެޓޯރަލް އެފެއާޒް ސިމްޕޯސިއަމް ގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
އިންޓަރނޭޝަނަލް އިލެޓޮރަލް ސިމްޕޯސިއަމް
18 ވަނަ އިންޓަރނޭޝަނަލް އިލެކްޓޯރަލް އެފެއާޒް ސިމްޕޯސިއަމް ފަށައިފި
މި ސިމްޕޯސިއަމް ގައި އިންތިޚާބީ ކަންކަމަށް ބޭނުންކުރެވޭ އެކި ކަހަލަ ޓްކްނޮލޮޖީ ތައާރަޕް ކުރެވިގެންދާނެ
އިންތިޚާބީ ކަންކަމުގައި އުޅުއްވާ އެކި ފަރާތްތަކުން ސެޝަންތައް ނެންގެވުމަށް ވެސް ވަނީ ހަމަޖެހިފަ

18 ވަނަ އިންޓަރނޭޝަނަލް އިލެކްޓޯރަލް އެފެއާޒް ސިމްޕޯސިއަމް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވައިފިއެވެ.

މި ފޯރަމް ގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރި ވެލެއްވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދް ދީދީއެވެ. މީގެ އިތުރުން މި ފޯރަމްގައި އިލެކްޝަން ކޮމިޝަން ގެ ރައީސް އަހްމަދު ޝަރީފް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި މަހާސިންތާ ގައި ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އެއް މައުލޫއަކީ ސިޔާސީ ކަންތައްތަކުގައި އަންހެނުންގެ ދައުރު ބޮޑު ކުރުން ކަމަށް ވާއިރު މިނިސްޓަރ މާރިޔާ މި ކަމަށް އަލި އަޅުވާލަމުން ވިދާޅުވީ އަންހެން ބޭފުޅުން ކެމްޕެއިން ކުރެއްވުމުގައި އިސްދައުރެއް އަދާ ކުރައްވާއިރު އެބޭފުޅުން އިންތިހާބުތަކަށް ކުރިމަތިލައްވަން ފަސްޖެހި ވަޑައިގެން ފިރިހެނުންނަށް ފުރުސަތު ދެއްވާ ކަމަށެވެ. ނަމަވެސް 19 ވަނަ މަޖިލީހުގައި 6 އަންހެންބޭފުޅުން ތިއްބެވުމަކީ ފެށުމެއް ކަމަށާއި އަބަދުވެސް އަންހެންބޭފުޅުންނަށް އިންތިހާބުތަކަށް ކުރިމަތިލާން ހިއްވަރު ދެއްވާނެ ކަމަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި މަހާސިންތާ ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ އެފަދަ ކަންތައްތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން އިންތިޚާބީ އިދާރާ ތަކުގެ ފުންނާބު އުސްފަރާތްތައް އެފަރާތްތަކުގެ މައުލޫމާތާއި ހުނަރު ހިއްސާކޮށް މަޝްވަރާ ކުރުމެވެ.

Advertisement

އެގޮތުން އިލްކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެއަށް އިލެކްޓޯރަލް ވޯޓު ތައާރަފް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ނަމަވެސް، ރެޖިސްޓްރޭޝަން ޕްރޮސެސްގައި އިލެކްޓްރޯނިކް އާލާތްތައް ބޭނުންކުރަން ބޭނުންވާ ކަމަށެވެ.

މި ސިމްޕޯސިއަމް ގައި އިންތިޚާބީ ކަންކަމަށް ބޭނުންކުރެވޭ އެކި ކަހަލަ ޓެކްނޮލޮޖީ ތައާރަޕް ކުރެވިގެންދާއިރު އިންތިޚާބީ ކަންކަމުގައި އުޅުއްވާ އެކި ފަރާތްތަކުން ސެޝަންތައް ނެންގެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަން ކޮމިޝަންއާއި އިންޓަރނޭޝަނަލް ސެންޓާރ ފޯރ ޕާލިމެންްޓްރީ ސްޓަޑީޒް އިން ގުޅިގެން ބާއްވާ ސިމްޕޯސިއަމްގައިި ވަނީ ދުނިޔޭގެ 19 ގައުމެއްގެ ބައިނަލްއަގްވާމީ 24 ޖަމިއްޔާއަކުން 58 ބޭފުޅުން ބައިވެރިވެރިވެލައްވާފައެވެ. ބުރާސްފަތި ދުވަހުގައި އޮތް މަހާސިންތާގައި ވަނީ ހުރިހާ ސިޔާސީ ޕާޓިއަކުން ވެސް ބައިވެރިވެފައެވެ. މީގެ އިތުރުން މި މަހާސިންތާގައި ދިވެހި ރާއްޖޭގެ އެކި ޖަމިއްޔާތަކުން ވެސް ވަނީ ބައިވެރި ވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް