Advertisement
ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 12:34
އޭސީސީގެ ރައީސްކަމަށް އިންތިހާބުކުރި މުއައްވިޒް ރަޝީދު
އޭސީސީގެ ރައީސްކަމަށް އިންތިހާބުކުރި މުއައްވިޒް ރަޝީދު
ޝުއައިބް މުހައްމަދު އިގްބާލް
އޭސީސީ
އޭސީސީގެ ރައީސްކަމަށް މުއައްވިޒް އިންތިހާބުކޮށްފި
މުއައްވިޒް ރަޝީދު އިންތިހާބުކުރީ ކޮމިޝަންގައި މިވަގުތު ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން
ލުތުފީ އިސްތިއުފާދެއްވީ ވަޒީފާއަށް ނުނިކުންނަވާ އެތަށް މަހެއްވަންދެން މުސާރަ ނެންގެވުމަށްފަހު
ލުތުފީ އިސްތިއުފާދެއްވިއިރު، އޭނާ މަޤާމުން ވަކިކުރަން މަޖިލީހުން އޮތީ ތައްޔާރުވެފައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ހަސަން ލުތުފީ މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަޤާމަށް މުއައްވިޒް ރަޝީދު އިންތިހާބުކޮށްފި އެވެ.

އޭސީސީގެ ރައީސްކަމަށް މުވައްވިޒް ރަޝީދު އިންތިހާބުކުރީ ކޮމިޝަންގައި މިވަގުތު ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

މުވައްވިޒް އޭސީސީގެ ރައީސްކަމަށް އިންތިހާބުކުރިއިރު، އޭނާ ހުރީ އޭސީސީގެ ނައިބް ރައީސްގެ މަޤާމުގަ އެވެ. އޭސީސީގެ ރައީސް ވަޒީފާއަށް ފިއްލަވައިގެން އުޅުއްވި މަސްތަކުގައި، އޭސީސީގެ މަސައްކަތްތަކާއި ހަވާލުވެވަޑައިގެން ހުންނެވީ މުއައްވިޒް އެވެ.

Advertisement

އޭސީސީގެ ރައީސްގެ މަޤާމުގައި ހުންނެވި ހަަސަން ލުތުފީ، މަޤާމުން އިސްތިއުފާ ދެއްވީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ކޮމެޓީން ނިންމާފައިވަނިކޮށެވެ. އޭނާ މަޤާމުން ވަކިކުރުމަށް ކޮމެޓީ ނިންމީ، މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ، ވަޒީފާއަށް ފިއްލަވައިގެން ހުންނަވާ ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ބޮޑު މުސާރަ ނަންގަވަމުންދިޔަ މައްސަލާގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ ކަރަޕްޝަންގެ މައްސަލަތަކުން އެމަނިކުފާނު ސަލާމަތް ކުރައްވަން މަގުފަހި ކުރެވޭ ގޮތަށް ލުތުފީ އަމަލު ކުރެއްވި ކަމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔާމީންގެ އެކައުންޓަށް ވަން އެއްމިލިއަން ޑޮލަރުގެ މައްސަލަ ބަލަން އޭސީސީން ހިންގި ތަހުގީގުގައި ވެސް އެއް މިލިއަން ޑޮލަރު ޖަމާކުރި ޔާމީންގެ އެކައުންޓް ފްރީޒްނުކޮށް އެކްސްކްރޯ އެކައުންޓެއް ހުޅުވައި، ފައިސާ ޖަމާކުރުމަށް އެއްބަސްވުމެއް ހެދުމަށް އުޅުއްވިކަމުގެ ތުހުމަތު ވަނީ ލުތުފީގެ މައްޗަށް ވަނީ ކުރެވިފައެވެ.

އޭގެ އިތުރުން، ލުތުފީގެ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް