Advertisement
ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 07:02
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު
ރާއްޖެއެމްވީ
ޖުޑީޝަލް ސަރވިސް ކޮމިޝަން
އެއްވެސް އަސާސެއް ނެތުމުން ގާޒީ ހުޒައިފާގެ މައްސަލަ ނުބަލަން ނިންމައިފި
މައްސަލަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ ޖޫން މަހުގެ 19 ވަނަ ދުވަހު
ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅީއެ ކޯޓުގެ މުވައްޒަފެއް

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށް ވާތީ އެ މައްސަލަ ނުބަލަން އެ ކޮމިޝަނުން ނިންމައިފި އެވެ.

އެކަމާއި ގުޅިގެން ޖޭއެސްސީން ބުނީ ހުޒައިފާއާ ދެކޮޅަށް ހުށަހަޅާފައި އޮތީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަން ކޮމިޝަންގެ ތަހުގީގު ކޮމިޓީ އަށް އެނގުނީ ފެމިލީ ކޯޓުގެ އެހެން ގާޒީއަކާ ގުޅޭ މައްސަލައެއްގެ ތަހުގީގުގެ ތެރެއިން ކަމަށެވެ. ހުޒައިފާއާ ބެހޭ ގޮތުން ޝަކުވާ ހުށަހެޅި މީހާގެ މައްސަލައެއް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަލައި، އޭނާ ވަޒީފާ އިން ވަކިކޮށްފައި އޮތުމުން، ހުޒައިފާއާ ދެކޮޅަށް އޭނާ ހުށަހެޅި މައްސަލައަކީ އެއްވެސް އަސާސެއް އޮތް މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައިވެ އެވެ.

Advertisement

ހުޒައިފާގެ މައްސަލަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ.

ފެމިލީ ކޯޓްގެ އިސް ގާޒީ ހަސަން ސައީދު މިދިޔަ ހަފުތާގައި ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ޖޭއެސްސީން ވަނީ ބަލަން ފަށައިފައެވެ. އެނގިފައިވާ ގޮތުގައި ހުޒައިފާގެ މައްޗަށް ހުށައަޅާފައިވާ މައްސަލައިގައި އެއްވެސް އަސާސެއް ނެތްކަން ޖޭއެސްސީއަށް އެނގުނީ އިސް ގާޒީ ހަސަން ސައީދުގެ މައްސަލައިގެ ތަހުގީގު ތެރެއިންނެވެ.

Advertisement

Advertisement
- ކޮމެންޓް