Advertisement
ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 07:15
އެސްޓީއޯ
އެސްޓީއޯ
ރާއްޖެއެމްވީ
ސްޓޭޓް ޓްރޭޑިން
ޔާމީން ސަރުކާރުގެ ހިޔާނާތް: ޕްރޮޕޯސަލް ހުށަހެޅީ އެސްޓީއޯއިން، ހިލަ އާއި ހިލަވެލި އެތެރެކޮށް ވިއްކަން ހުއްދަ ދިނީ ބޭރުގެ ދެ ކުންފުންޏަކަށް
ޕްރޮޕޯސަލްއެއް ހުށައެޅުމުން ހުއްދަ ދިނީ ބޭރުގެ ދެ ކުންފުންޏަކަށް
އިމާރާތް ކުރުމަށް ބޭނުންވާ ތަކެތީގެ ވިޔަފާރީ އެސްޓީއޯއަށް ނުކުރެވޭ
ހިލަ އާއި ހިލިވެލި ބަންދު ކުރާނެ ތަނެއް ނެތް

ނިމިގެންދިޔަ ސަރުކާރުގައި ހިލައާއި ހިލަވެލި ރާއްޖެ އެތެރެ ކުރުމަށް އެސްޓީއޯ އިން ސަރުކާރަށް ޕްރޮޕޯސަލްއެއް ހުށައެޅުމުން އެ ޕްރޮޕޯސަލް ބާތިލްކޮށް ބޭރުގެ ދެ ކުންފުންޏަކަށް ހުއްދަ ދިނުމުގެ ސަބަބުން އެސްޓީއޯ އަށް ގެއްލުންވެފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީގައި އެސްޓީއޯގެ ޗެއަރމަން ހާމިދު ނަޝީދު އާއި މެނޭޖިން ޑިރެކްޓަރު އަމްރު ވަނީ މެމްބަރުން ކުރިމަތި ކުރި ހުރިހާ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

Advertisement

އެ ކޮމިޓީގައި އަމްރު ވިދާޅުވީ، ގަނޑުކޮށް ގެނެސް ހިލަ އާއި ހިލަވެލި ބަންދު ކުރާނެ ތަނެއް ނެތުމުން އިމާރާތް ކުރުމަށް ބޭނުންވާ ތަކެތީގެ ވިޔަފާރީ އެސްޓީއޯއަށް ނުކުރެވޭ ކަމަށެެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ސަރުކާރުގައި އެސްޓީއޯއިން ވަނީ އެކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތް ކޮށްފައެވެ.

އަޅުގަނޑަށް މައުލޫމާތު ލިބުނީ އެސްޓީއޯ އިން ޕްލޭނެއް ހެދީ ހުޅުމާލޭ ގައި ހިލަ އާއި ހިލަވެލި ބަލްކުކޮށް ގެނެސް ބަހައްޓައިގެން ވިއްކަން. ދެން އެ ޕްލޭން އޭރުގައި ސަރުކާރާ ހިއްސާކުރިމާ ސަރުކާރުން އެ ހުއްދަ ނުދީ އޭގެ ތިން މަސް ފަހުން ކުއްލިއަކަށް އެމްއެމް އެކްސްޕޯޓަރސް އަދި ޗައިނާ ކުންފުންޏަކަށް އެ ހުއްދަ ލިބިގެން ދިޔައީ. އޭގެ ފަހުން އެ ތަނުން މަސައްކަތް ކުރަމުން އެދަނީ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު

ހިލައާއި ހިލަވެއްޔަކީ ހެޔޮ އަގެއްގައި ވިއްކުމަށްޓަކައި އެސްޓީއޯއިން އެތެރެކުރާ އެންމެ މުހިންމު މުދަލުގެ ތެރޭގައި ހިމެނޭ ބާވަތްތަކެކެވެ. ނަމަވެސް ކުރީ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުންޏަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ. ހުޅުމާލޭ ދެވަނަ ފޭސް އިމާރަތް ކުރާ ކޮންޓްރެކްޓަރުންވެސް ދަނީ އާއްމު ފަރާތްތަކަށް ހިލަވެލި ވިއްކަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީ އަށް އެސްޓީއޯ އިން ހުށަހެޅި ޕްރޮޕޯސަލްގައި ވަނީ، ބޭރުން ޕެކްކޮށްގެން ހިލަ އަދި ހިލަވެލި ގެނައުމުން އެސްޓީއޯ އަށް މާ ބޮޑު ފާއިދާ އެއް ނުވާތީ ހުޅުމާލެ ފޭސް ދޭއް ހިއްކުމުން އެތަނުން ބޮޑު ސަރަހައްދެއް ހޯދުމަށް ހުށައެޅި ޕްރޮޕޯސަލް އެކެވެ. އެ ޕްރޮޕޯސަލްގައި ބުނެފައި ވަނީ ހުޅުމާލޭ ފޭސް 2 ގައި ހުޅުމާލެ އަށް ދޭ ބިމުގައި ހިލަ އާއި ހިލަވެލި ގަނޑުކޮށް ގެނެސް، އަގުހެޔޮކޮށް ވިއްކަމުން ދިއު މަށެވެ.

ބޭރުގެ ފަރާތްތަކަށް މިގޮތަށް ހިލަ އެތެރެކޮށް ވިއްކުމުގެ ހުއްދަ ކުރީގެ ސަރުކާރުން ދިނުމާއެކު ދިވެހިރާއްޖޭގެ ވިޔަފާރިވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

Advertisement

Advertisement
- ކޮމެންޓް