Advertisement
ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 07:25
ރައީސް ނަޝީދު ރުވާންޑާގެ ބޮޑުވަޒީރު އެޑުއާޑް ނގިރެންޓޭއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް ނަޝީދު ރުވާންޑާގެ ބޮޑުވަޒީރު އެޑުއާޑް ނގިރެންޓޭއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
އޮފީސް އޮފް ދި ޕީއެމް، ރުވާންޑާ
ރައީސް ނަޝީދު ރުވާންޑާގައި
ރައީސް ނަޝީދު ރުވާންޑާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ
އެ ގައުމުގެ ފޮރިން މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ކޮމަންވެލްތަށް ރާއްޖެ އަލުން ފެނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި
އެ ގައުމުގައި ހުންނަ ވޮއިސް އޮފް އެފްރިކާ ރޭޑިއޯ ސްޓޭޝަނަށް ވެސް ޒިޔާރަތްކުރެއްވި

މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު، ރުވާންޑާގެ ބޮޑުވަޒީރު އެޑުއާޑް ނިގިރެންޓޭއާ ބައްދަލުކުރައްވައިފިއެވެ.

ކިގާލީ ގްލޯބަލް ޑައިލޮގްގެ ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވުމަށް ރުވާންޑާގެ ވެރިރަށް ކިގާލީއަށް ވަޑައިގެން އުޅުއްވާ ރައީސް ނަޝީދު، ބޮޑުވަޒީރު ނިގިރެންޓޭއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

Advertisement

މި ބައްދަލުކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ދެ ގައުމުވެސް އެއް ގައުމު އަނެއް ގައުމުން ދަސްކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް އެއްބަސްވެވަޑައިގެންނެވުނު ކަމަށެވެ. އަދި ރުވާންޑާގެ ސަރުކާރާ އެ ގައުމުގެ ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭނެ ބޮޑު އުފަލެއް ކަމަށް ވެސް ރައީސް ނަޝީދުގެ ޓްވީޓުގައި ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު ނިގިރެންޓޭގެ އިތުރުން، ރައީސް ނަޝީދު ވަނީ ރުވާންޑާގެ ފޮރިން އެފެއަރޒް އެންޑް ކޯޕަރޭޝަން މިނިސްޓަރ، ޑރ.ރިޗާޑް ސެޒިބޭރާއާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެ ކޮމަންވެލްތާ އަލުން ގުޅެން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ، އެ މަސައްކަތް އަވަސް ކުރެވޭނެ ގޮތްތަކެއް އޮތްތޯ ބައްލަވާނެ ކަމަށް ޑރ.ސެޒިބޭރާ ވިދާޅުވީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެ ގައުމުގައި ހުންނަ ވޮއިސް އޮފް އެފްރިކާ ރޭޑިއޯ ސްޓޭޝަނަށް ވެސް ޒިޔާރަތްކުރައްވާފައެވެ. އަދި މިއަދަކީ ރުވާންޑާގެ 25 ވަނަ ލިބަރޭޝަން ޑޭކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައި އެ މަނިކުފާނު ވަނީ އެ ގައުމުން ހޯދާފައިވާ ކުރިއެރުމަށް ތައުރީފު ކުރައްވާފައެވެ.

ރައީސް ނަޝީދު ރުވާންޑާއަށް ކުރައްވާ ދަތުރުފުޅަކީ ކިގާލީ ގްލޯބަލް ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ދައުވަތެއްގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ބުދަ ދުވަހު އޮތް ޕެނަލް ޑިސްކަށަންގައި ލޯ-ކާބަން ތަރައްގީގެ ސްޓެރެޓެޖީތަކުގެ ދަށުން ގައުމުތައް ތަރައްގީ ކުރެވޭނެ ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

Advertisement
- ކޮމެންޓް