Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 21:22
ގަލޮޅު ދެކުނު ދާއިރަގެ މެމްބަރު، މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ގަލޮޅު ދެކުނު ދާއިރަގެ މެމްބަރު، މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
މީކާއިލް ނަސީމް
އާތިފް ޝުކޫރުގެ މައްޗަށް ދައުވާކުރާނަމަ، ގަވަރުނަރު އަހުމަދު ނަސީރު ވެސް ޒިންމާދާރު ކުރުވަންޖެހޭ: މީކައިލް
އަބްދުﷲ އަޝްރަފް ވަކިކުރެވުނީ ކޮން އުސޫލަކުންތޯ ބަލަންޖެހޭ

ކުރީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާ އާތިފް ޝުކޫރުގެ މައްޗަށް ދައުލަތުން ދައުވާކުރާނަމަ، މިހާރުގެ ގަވަރުނަރު އަހުމަދު ނަސީރު ވެސް ޒިންމާދާރު ކުރުވަން ޖެހޭކަމަށް ގަލޮޅު ދެކުނު ދާއިރަގެ މެމްބަރު، މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރ މީކާއިލް ވިދާޅުވީ އާތިފް ޝުކޫރަށްފަހު އެފްއައިޔޫގެ އިސްވެރިއަކަށް އައްޔަނު ކުރެވިގެން ދިޔަ އަބްދުﷲ އަޝްރަފް، ރައީސް ޔާމީންގެ އެކައުންޓަކަށް މިލިއަނަށްވުރެ ގިނަ ޑޮލަރު ޖަމާވި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެން މަގާމުން ވަކިކުރި މައްސަލައިގައި ގަވަރުނަރު އަހުމަދު ނަސީރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަންޖެހޭ ކަމަށެވެ. އަދި އެއްވެސް ހަމައެއް، ލަމައެއްނެތި އަބްދުﷲ އަޝްރަފް ވަކިކުރުމާއި ގުޅިގެން އޭނާ މަގާމުން ވަކި ކުރެވުނީ ކޮން އުސޫލަކުންތޯ ބެލުމަށްވެސް މީކާއިލް ގޮވާލެއްވިއެވެ.

Advertisement

އަޝްރަފު، އެފްއައިޔޫގެ ހެޑް މަޤާމުގައި ހުއްޓަ ގަވަރުނަރު ނަސީރު ވަނީ ކުއްލިއަކަށް އޭނާ ޕްރޮޖެކްޓް ސެކްޝަނަށް ބަދަލުކޮށްފަ އެވެ. އޭރު އަޝްރަފް ވަނީ ޔާމީން ވަނީ ޔާމީންް މަނީ ލޯންޑަރކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފަ އެވެ.

އާތިފްގެ މައްޗަށް ދައުވާކުރަން އެދި އޭސީސީން ޕީޖީއަށް ހުށަހެޅީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ފުލުހުންނަށް ނުފޮނުވަން ނިންމި މައްސަލާގަ އެވެ. އެކަމަކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ރެކޮމެންޑްކޮށް ޕީޖީގެ ފަރާތުން އެ މައްސަލަ އަނބުރާ ފޮނުވާލީއެވެ. އަދި މިދިޔަ ފެބުރުއަރީ 21 ގައި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭސީސީއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް