Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 18:18
އެސްޓީއޯގެ ހެންވޭރު ބޭސްފިހާރަ
އެސްޓީއޯގެ ހެންވޭރު ބޭސްފިހާރަ
މިހާރު
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
ގަވާއިދާ ހިލާފަށް އެތެރެކުރި ބޭސްތަކެއްގެ މައްސަލަ ބަލަނީ!
އެތެރެ ކޮށްފައިވަނީ ސިސްޓަމުން ބޭރުން
ބޭސް އެތެރެ ކުރަނީ ވަކި ފޯކާސްޓެއް ހަދައިގެން
މައްސަލަ ބަލަނީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި

ގަވާއިދާ ހިލާފަށް ދިވެހިރާއްޖެ އަށް ބޭނުންނުވާ ބޭސްތަކެއް އެތެރެ ކޮށްފައިވާ ކަމަށާއި، އެ މައްސަލަ ބަަލަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ(އެސްޓީއޯ) އިން ބުނެފިއެވެ.

Advertisement

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގައި މެމްބަރުން ކުރިމަތިކުރިވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހަސަން އަމްރު ވިދާޅުވީ، ރާއްޖެގައި ބޭނުން ނުކުރާ ބޭސްތަކެއް އެތެރެ ކުރެވިފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެން ކަމުން އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭތި އެތެރެ ކުރެވިފައިވަނީ ސިސްޓަމުން ބޭރުން. އަޅުގަނޑުމެން ސިސްޓަމަކުންވެސް ނެތް ފެންނާކަށް. ދެން އަޅުގަނޑުމެން އިންޓާނަލް އޮޑިޓުން އެ މައްސަލަ ވަރަށް ސީރިޔަސް ގޮތެއްގައި ބަލާ. ބަލަމުން ދާއިރުގައި އަޅުގަނޑުމެންނަށް ނޭގެ އިތުރަށް އެކަހަލަ ކަންތައްތައް ހިންގާފައި ހުންނާނެ ކަމެއް.

އެއީ ކޮން ބޭހެއް ކަމެއް އަދި ކިހާ އަދަދެއްގެ ބޭހެއް ކަމެއް ވިދާޅެއްނުވެއެވެ.

އެސްޓީއޯ އިން ފޭކް ބޭސް ވިއްކާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން އަމްރު ވިދާޅުވީ ބޭސް އެތެރެ ކުރަނީ ވަކި ފޯކާސްޓެއް ހަދައިގެން ކަމަށެވެ. އެކަމަކު ބައެއް ފަހަރު ގެންނަންޖެހޭ ވަރަށް ވުރެ ގިނައިން ބޭސް ގެނައުމުގެ ސަބަބުން އެ ބޭސްތައް ނުވިކި އެކްސްޕަޔާވާކަން އަމްރު ފާހަގަ ކުރެއްވިއެވެ.

އަމްރު ވިދާޅުވީ، އެކްސްޕަޔާ ވެގެން އުކާލަން ޖެހޭ ބޭހުގެ އަދަދު ކުރިޔަށްވުރެ މަދުވެފައިވާ ކަމަށެވެ. އެކަމަކު އެސްޓިއޯ އިން ފޭކް ބޭސް ނުވިއްކާ ކަމަށް ވިދާޅުވިއެވެ.

އެސްޓީއޯގެ ހަރަދުގައި ކޯސްތައް ހެދުމަށް ފަހު މުވައްޒަފުން އަތުން އަނބުރާ ފައިސާ ހޯދާކަމަށް ތުހުމަތުކޮށް ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ކޮމިޓީގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ، ކިޔެވުމަށްފަހު އެސްޓީއޯ ގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ އަތުން ކޯސް ފީއަށް ފައިސާ ނުނަގާނެ ކަމަށާއި، އެ ކުދިން ކިޔަވަނީ ބޮންޑެއްގެ ދަށުން ކަމަށެވެ. ނަމަވެސް ކޯސް ހެދުމަށް ފަހު ބޮންޑުގެ އެއްބަސްވުމާއި ހިލާފަށް އެސްޓިއޯގައި ވަޒިފާއިން ވަކިވާ މުވައްޒަފުން ފައިސާ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް