Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 17:08
ފެބުރުއަރީ 7، 2012 ގައި ފުލުހުންތަކެއް މަގުމަތީގައި
ފެބުރުއަރީ 7، 2012 ގައި ފުލުހުންތަކެއް މަގުމަތީގައި
މުހައްމަދު ޝަރުހާން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
7 ފެބްރުއަރީ ތަކުރާރުވިޔަ ނުދިނުމަށްޓަކާ އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓަރު މަޖިލީހަށް
މިނިސްޓަރ އިމްރާން ހާޒިރުކުރުމަށް ހުށަހެޅީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ސުވާލުކުރުމަށް 14 ދުވަހުގެ ނޯޓިސް ވަނީ ފޮނުވާފައި

2012 ފެބްރުއަރީ 7 ވަނަ ދުވަހު ހިނގައިދިޔަ ހާދިސާ އާއި ގުޅިގެން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރުވުމަށް ނޯޓިސް ފޮނުވައިފި އެވެ.

މިނިސްޓަރ އިމްރާނާއި ސުވާލުކުރުމަަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. ޤާނޫނު އަސާސީގައި ބުނެފައިވާގޮތުގައި މިނިސްޓަރާއި ސުވާލުކުރުމަށް ހުށަހެޅުމުން، މިނިސްޓަރަށް 14 ދުވަހުގެ ނޯޓިސެއް ދޭންޖެހޭނެ އެވެ. އެ ނޯޓިސް މިހާރު މިނިސްޓަރަށް ވަނީ ފޮނުވާފަ އެވެ.

Advertisement

ޖާބިރުގެ ސުވާލުގައި ވަނީ ފެެބްރުއަރީ 7 ގެ ހާދިސާ އާއި ގުޅިގެން ފުލުހުންގެ ތެރޭގައި އެފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގެނެވިފައިވާ ބަދަލު ތަކާއި ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބާތޯ އެވެ.

މަޖިލީހަށް ހާޒިރުވުމަށް އިމްރާނަށް ޗިޓް ފޮނުވާފައިވާއިރު، އިތުރު މައްސަލައެއްގައިވެސް ހާާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފަ އެވެ. އެއީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަަމަލާގެ މެސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަބުރާ ރާއްޖެ ނުގެނެވި ލަސްވުމާއި ގުޅިގޭގޮތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް