ސްރީ ލަންކާގެ ކުރީގެ ރައީސް އަދި އެ ގައުމުގެ އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސާ މިހާރު ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
ބެލެވޭ ގޮތުގައި ރާޖަޕަކްސަ ރާއްޖެވަޑައިގެން އުޅުއްވަނީ ޗުއްޓީއަކަށެވެ.
ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން ރާޖަޕަކްސާގެ މިދަތުރުފުޅަކީ ޗަންޕާގެ ރިސޯޓެއް ގަތުމަށް ރާޖަޕަކްސާގެ އާއިލީ ކުންފުނިން ޗަމްޕާ ބްރަދާސްއާ މަޝްވަރާ ކުރެއްވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ. އެހެން ނަމަވެސް ޗަމްޕާ ބްރަދާސްގެ ފަރާތުން އެކަން މީޑިއާއަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.