Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 13:37
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ
މިހާރު
އަބްދުﷲ ލުތުފީ
ލުތުފީ ރާއްޖެ ގެންނަން ޖޫރިމަނާއެއް ދައްކަން ޖެހޭނަމަ އެކަން ކުރާނީ ސަރުކާރުން: ފުލުހުން
ޖޫރިމަނާއެއް ދައްކަން ދިވެހި ސަރުކާރުން ޖެހޭނަމަ އެކަން ކުރާނީ ސަރުކާރުން ކަމަށާއި ދިވެހި ފުލުހުން ނޫން ކަމަށް ބުނި

ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން 2.7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ދިވެހި ސަރުކާރުން ޖެހޭނަމަ އެކަން ކުރާނީ ސަރުކާރުން ކަމަށާއި ދިވެހި ފުލުހުން ނޫން ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޖޫރިމަނާއެއް ދައްކަން ދިވެހި ސަރުކާރުން ޖެހޭނަމަ އެކަން ކުރާނީ ސަރުކާރުން ކަމަށާއި ދިވެހި ފުލުހުން ނޫން ކަމަށާއި ފުލުހުން ކުރާ މަސައްކަތަކީ ލަންކާގައި ލުތުފީ ބެލެހެއްޓުމުގެ މަސައްކަތް ކަމަށެވެ.

ރާއްޖެޓީވީން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅާލުމުން އެ ފަރާތުން ބުނީ ލުތުފީ ރާއްޖެ ގެނައުމުގެ އެންމެހާ މަސައްކަތެއް ކުރަނީ ފުލުހުން ކަމަށެވެ.

Advertisement

ލުތުފީ ރާއްޖެ ގެނައުމުގައި ލަސްވަނީ ފުރިހަމަކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަނުވާތީ ކަމަށް ޖޫން 27 ގައި ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާތީ އެކަމާގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލު ބުނީ އެކަމުގައި ސްރީލަންކާގެ އެންބަސީއަށް ގުޅައިގެން އިތުރަށް މައުލޫމާތު ސާފުކުރުމަށެވެ.

ލުތުފީ ރާއްޖެގެނައުމާ ގުޅޭ މައްސަލައަކީ މިވަގުތު މީޑިއާގެ ސަމާލުކަން ހުއްޓިފައިވާ މައްސަލައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް