Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 12:43
މައުމޫން ހަމީދު
މައުމޫން ހަމީދު
ބާ ކައުންސިލް އިންތިހާބު
ބާ ކައުންސިލްގެ ރައީސް އަކަށް މައުމޫނު ހަމީދު ވާދަކުރައްވަނީ
ހުސްނުއް ސޫދު ވެސް ވާދަކުރައްވާ
ކައުންސިލް އިންތިހާބު 13 ވަނަ ދުވަހު

ބާ ކައުުންސިލްގެ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވަން މަޝްހޫރު ގާނޫނީ ވަކީލް މައުމޫނު ހަމީދު ނިންމަވައިފިއެވެ.

Advertisement

މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ބާ ކައުންސިލް ރައީސަކަށް އޭނާ ވެސް ކުރިމަތިލައްވާނެ ކަމަށެވެ.

މައުމޫނު ހަމީދުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސޫދުވެސް ވަނީ ބާ ކައުންސިލްގެ ރައީސަކަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ. ބާ ކައުންސިލްގެ އިންތިހާބު އޮންނަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ގާނޫނީ ފަންނުގެ ބިލްގައިވާ ގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އިންތިހާބު ކުރެވޭ މަގާމުތަކަށް ބޭފުޅުން ހޮއްވަވާނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބާ ކައުންސިލްގެ އިންތިހާބު ބާއްވަން ނިންމީ، ގާނޫނީ ފަންނުގެ ބިލުގެ އެގާރަ ވަނަ މާއްދާގެ (ށ)ގައި ބުނާ ގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިޚާބުކުރެވޭ ރައީސާއި، ނައިބު ރައީސާއި، ޤާނޫނީ ވަކީލުން އިންތިޚާބު ކުރުމަށް ބާއްވާ ފުރަތަމަ އިންތިޚާބު ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކުން، އެ ކޮމިޝަނުގެ ފަރާތުން ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް