Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 11:11
ޖޭޕީ ކައުންސިލްގެ މެމްބަރުން ތަކެއް
ޖޭޕީ ކައުންސިލްގެ މެމްބަރުން ތަކެއް
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީ
ޖޭޕީގެ ޓިކެޓް ދޭ މީހުން ދެން ކަނޑައަޅާނީ ޕްރައިމަރީން
ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން
މީގެ ކުރިން ޕްރައިމަރީއެއް ނުބާއްވާ
200 މެމްބަރުންގެ ފޯމް ވަނީ ރޭ ހަވާލުކޮށްފައި

ޖުމްހޫރީ ޕާޓީގެ ޓިކެޓް ދޭ މީހުން ދެން ކަނޑައަޅާނީ ޕްރައިމަރީ އަކުން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރޭ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ޕާޓީ ހިންގުމުގެ ނިޒާމަށް ބަދަލު ގެނެސް ގައުމީ ފެންވަރުގެ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތްތާގައި އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ޓިކެޓް ހޯދުމަށް ކުރިމަތިލާނަމަ ވާދަވެރި މާހައުލެއްގައި ޕްރައިމަރީ އެއް ބާއްވާނެ ކަމަށެވެ.

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ޕާޓީއަށް ވީހާވެސް ގިނަ މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

މީގެ ކުރިން ޖުމްހޫރީ ޕާޓީން އެއްވެސް ގޮތަކަށް ޕްރައިމަރީ އެއް ބާއްވާފައެއް ނުވެއެވެ. އެންމެ ފަހުން ބޭއްވި އާއްމު އިންތިހާބުގައި ޕާޓީގެ ޓިކެޓް ދީފައިވަނީ ޕްރައިމަރީ އަކާއި ނުލައެވެ.

އެ ރަސްމިއްޔާތުގައި އެ ޕާޓީ އަށް އަލަށް ސޮއިކުރި 200 މީހުންގެ ފޯމްތައް ގާސިމްއާ ހަވާލުކޮށްފައިވެއެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް