Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 04:03
ގދ. ވާދޫ - 5000 (ފަސް ހާސް) އަކަފޫޓްގެ 16 ޕްލޮޓް ދޫކުރުމަށް ނިންމާފައިވޭ
ގދ. ވާދޫ - 5000 (ފަސް ހާސް) އަކަފޫޓްގެ 16 ޕްލޮޓް ދޫކުރުމަށް ނިންމާފައިވޭ
ރާއްޖެ އެމްވީ
ގދ. ވާދޫ
ވާދޫގައި ގެސްޓް ހައުސް ތަރައްގީ ކުރުމަށް ބިން ކުއްޔަށް ދިނުމަށް ނިންމައިފި
އަވަސް މުއްދަތެއްގައި މި ބިންތައް ބީލަމުގެ އުސޫލުން ދޫކުރުމަށް ވަނީ ނިންމާފައި

ގދ. ވާދޫގައި ލޯކަލް ޓުއަރިޒަމް ތަރައްގީ ކުރުމަށް އެރަށުން ބިން ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ހޯމަ ދުވަހު ޓުއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޓުއަރިޒަމާއި ބެހޭ ޤާނޫނު ނަމްބަރު 99/2 ގެ ހަތަރުވަނަ މާއްދާގެ ދަށުން 5000 (ފަސް ހާސް) އަކަފޫޓްގެ 16 ޕްލޮޓް ވާދޫގައި ގެސްޓްހައުސް ތަރައްގީ ކުރާ ބިމުގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ކަނޑައޅުއްވާފައިވާ ކަމަށެވެ. އަދި އަވަސް މުއްދަތެއްގައި މި ބިންތައް ބީލަމުގެ އުސޫލުން ދޫކުރުމުގެ ކަންތައް ވާދޫ ކައުންސިލާއި އެހެނިހެން ކަމާއި ބެހޭ އިދާރާ ތަކާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ބަޔާނުގައި ވެއެވެ.

ރާއްޖޭގައި ލޯކަލް ޓުއަރިޒަމް ތަރައްގީ ކުރުމަކީ މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ. އަދި ލޯކަަލް ޓޫރިޒަމް ކުރިއަރުވައި، ޕްރޮމޯޓްކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންނެވެ.

Advertisement

ސަރުކާރުގެ އަމާޒަކީ ލޯކަލް ޓޫރިޒަމް ދަށް ސަރަހައްދުތަކަށް އެ ސިނާއަތް ފުޅާކުރުުމެވެ. އެގޮތުން ރާއްޖޭގެ އުތުރާއި، ދެކުނަށް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް