Advertisement
ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 21:31
ވަކިލުންތަކެއް މަގާމުގެ ހުވާ ކުރައްވަނީ
ވަކިލުންތަކެއް މަގާމުގެ ހުވާ ކުރައްވަނީ
ފޭސްބުކް
ބާ ކައުންސިލްގެ އިންތިހާބު
ބާ ކައުންސިލްގެ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 1487 ވަކީލުންނަށް
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުކުރު ދުވަހު ފަހެއް ޖަހާއިރު ހުޅުވާލާނެ
ރައީސް އަކަށް ހުސްނުއް ސޫދު ވާދަކުރައްވާ

ރައްޔިތުންގެ މަޖިލީހުން ގާނޫނީ ފަންނުގެ ބިލް ފާސްކުރުމުން ގުޅިގެން މިމަހުގެ 13 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ވަކީލުންގެ ލިސްޓު އިލެކްޝަނުން އާއްމުކޮށްފިއެވެ.

Advertisement

އިސީން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުކުރު ދުވަހު ފަހެއް ޖަހާއިރު ހުޅުވާލާނެ ކަމަށެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ވަކީލުންގެ ރެޖިސްޓްރީ ގެޒެޓްކޮށްފައިވާިއރު، ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 1487 ވަކީލުންނަށެވެ.

ރެޖިސްޓްރީއާ ބެހޭ ގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ބުރާސްފަތި ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ.

ގާނޫނީ ފަންނުގެ ބިލްގައިވާ ގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އިންތިހާބު ކުރެވޭ މަގާމުތަކަށް ބޭފުޅުން ހޮއްވަވާނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބާ ކައުންސިލްގެ އިންތިހާބު ބާއްވަން ނިންމީ، ގާނޫނީ ފަންނުގެ ބިލުގެ އެގާރަ ވާނަ މާއްދާގެ (ށ)ގައި ބުނާ ގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިޚާބުކުރެވޭ ރައީސާއި، ނައިބު ރައީސާއި، ޤާނޫނީ ވަކީލުން އިންތިޚާބުކުރުމަށް ބާއްވާ ފުރަތަމަ އިންތިޚާބު ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކުން، އެ ކޮމިޝަނުގެ ފަރާތުން ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާތާ 21 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކޮށްފައިވެއެވެ. ބާ ކައުންސިލްގެ ރައީސްގެ މަގާމަށް މިހާތަނަށް ޝައުގުވެރިކަން ކޮށްފައިވަނީ ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސޫދުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް