އުޅަނދުތައް ދުއްވަމުން ދާއިރު ގަވައިދާ ހިލަފު ކަންކަން އިތުރުވެފައި ވާތީ ޓްރެފިކް ފުލުހުން އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.
ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދުއްވަމުން ދާއިރު މޯބައިލް ފޯނު ބޭނުން ކުރުމާއި ސިނގިރެޓް ބުއިން ފަދަ ގަވައިދާ ހިލާފު ކަންކަން އިތުރުވެފައި ވާތީ، އެފަދަ ކަންކަމަށް ހާއްސަކޮށްފައި ތިބޭ ޓްރެފިކް ފުލުހުން އޮޕަރޭޝަނެއް ހިންގަން ފަށައިފި ކަމަށެވެ.
މި އޮޕަރޭޝަނުގައި ގަވައިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.
ޤަވާއިދާ ޚިލާފަށް ޕާކު ކޮށްގެން މިދިޔަ ހަފްތާގައި 1300 އަށް ވުރެ ގިނަ އުޅަނދުގައި ސްޓިކަރ ޖަހާފައިވާ ކަމަށް ފުލުހުން އަންމު ކޮށްފައިވަ ތަފާސް ހިސާބުތަކުން ދައްކައެވެ.