ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި މުބާރާތް ބާއްވާ ގައުމު ބްރެޒިލް އަދި އާޖެންޓީނާގެ ކުރިމަތިލުން އަންގާރަ ދުވަހުގެ ފަތިހު އޮންނާނެއެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި މި މެޗަކީ ބާސެލޯނާގެ ދެ ކުޅުންތެރިންގެ ކުރިމަތި ލުމެކެވެ.
މުބާރާތް ބާއްވާ ގައުމު ބްރެޒިލް އިން ސެމީ ފައިނަލާ ހަމައަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ގައި ޕެރޫ 4-3 ގެ ނަތީޖާ އަކުން ބަލިކޮށްގެނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތަކުގައި ނެރުނުދަށް ނަތީޖާ ތަކާއެކު އާޖެންޓީނާއަށް ވަނީ ބޮޑެތި ފާޑުކިޔުން ތަކެއް އަމާޒުވެފައެވެ. އެގޮތުން އާޖެންޓީނާ ގްރޫޕް ސެޓޭޖްގައި މޮޅުވެފައިވަނީ އޭޝިޔާގެ ޗެމްޕިއަން ގަތަރު އަތުން އެކަންޔެވެ.
މުބާރާތުގެ ސެމީފައިނަލައް އާޖެންޓީނާ އިން ދަތުރު ކުރީ 2-0 ގެ ނަތީޖާ އަކުން ވެނެޒުއޭލާ ބަލިކޮށްގެނެވެ.
އާޖެންޓީނާގެ ތަރި އަދި ބެލެންޑިއޯ ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ ލިއޮނަލް މެސީ ވަނީ އޭނާގެ އެންމެ މޮޅު ކުޅުން މި މުބާރާތުގައި ނުދެއްކޭ ކަމަށް އަމިއްލަ އަށް އިއުތިރާފް ވެފައެވެ. އެގޮތުން މި މުބާރާތުގައި އޭނާ އަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ލަނޑެކެވެ.
އާޖެންޓީނާގެ ޒުވާން ކުޅުންތެރިން ކަމަށްވާ ޕަރެޑޭޒް އަދި މާޓިނޭޒް ފަދަ ކުޅުންތެރިން ވަނީ މި މުބާރާތުގައި ވިދާލައިފައެވެ.
އާޖެންޓީނާއިން ވަނީ އެންމެ ފަހުން ބޭއްވުނު ފަސް ކޮޕާ އެމެރިކާގެ ތެރެއިން ހަތަރު ކޮޕާ އެމެރިކާގެ ފައިނަލް ކުޅެފައެވެ. ނަމަވެސް އެޓީމަށް 1993 ގެ ފަހުން ކޮޕާ އެމެރިކާގެ ތަށި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ދެހާސް ސާދަ ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖަރުމަނު އަތުން ވި ބޮޑު ބަލި ހަދާން ނައްތައިލާ ބްރެޒިލް އިން އާޖެންޓީނާ އާއި ދެކޮޅަށް ނިކުންނައިރު އެޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ކެޕްޓަން ޑެނި އަލްވޭޒް ބުނެއެވެ. އެގޮތުން އޭނާ ބުނީ މެސީ ހުއްޓުވުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެކަމަކު ބްރެޒިލްއިން އޭނާ ހުއްޓުވާނެ ކަމަށެވެ.
މި މެޗު ބުދަ ދުވަހުގެ ފަތިހު 5:30 ގައި މީޑިއާނެޓްގެ އައިސް ޓީވީއިން ލައިވް ކުރާނެއެވެ.