Advertisement
ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 17:47
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ޕީޖީ އިންތިހާބުގައި ވޯޓުލަނީ
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ޕީޖީ އިންތިހާބުގައި ވޯޓުލަނީ
ޓްވިޓަރ
އެމްޑީޕީ ޕީޖީ
ޕީޖީ ގަވާއިދު އިސްލާހުކޮށް، ގުޅިގެން ކުރިއަށްދާން ތައްޔާރު: އާޒިމް
ޕީޖީ ގްރޫޕްގެ ގަވާއިދަށް ގެންނާނެ ބަދަލުތަކާއި ގުޅޭ ގޮތުން ލީޑާރޝިޕްގައި ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް އެމްޑީޕީގެ ވައިދުތައް ފުއްދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ލީޑާރު ކަމަށް އިންތިޚާބު ވަޑާއިގަތުމަށްފަހު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި އާޒިމް ވިދާޅުވީ މީގެކުރީގައި ޕީޖީ ލީޑަރުކަން ކުރެއްވި ބޭފުޅުންނެކޭވެސް އެއްގޮތަށް ޕާޓީގެ ޕީޖީގެ ހުރިހާ މެންބަރުންނާއި އެކުގައި މަސައްކަތް ކުރެވޭތޯ މަސައްކަތް ކުރަމުންދާނެކަމަށެވެ. އަދި ޕާޓީގެ ލީޑަރޝިޕުންވެސް އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement

މީގެއިތުރުން ވެސް އެމްޑީޕީގެ ޕީޖީގެ ގަވާއިދަށް ގެންނާނެ ބަދަލުތަކާއި ގުޅޭގޮތުން ލީޑާރޝިޕްގައި މިހާރުވެސް ވާހަކަ ދައްކަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ވިޕްލައިނާއި ޚިލާފްވާ މެންބަރުންނާއި މެދު އަމަލު ކުރާނެ ގޮތް މިހާރަށްވުރެ ހަރުދަނާކޮށް ގެންދެވޭނެ ގޮތަށް ގަވާއިދަށް ބަދަލުތައް ގެންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"65 މެންބަރުން ގޮވައިގެން އުޅޭއިރު ތަފާތު ދަތިތަކާއި ދިމާވާނެ މީގެ ކުރީގައި ކަނޑައެޅިގެން އެހާސާފުކޮށްނޯވެ ލިޔެފައި މިސާލަކަށް ވިޕް ލައިނެއް ބްރޭކް ކުރީމައި ކަން ކުރާނެ ގޮތާއި ދެވަނަ ވިޕްލައިމެއް ބްރޭކް ކޮށްފިނަމަ ކަންކުރާނެ ގޮތާއި މިކަހަލަ ކަންތައްތައް ގަވާއިދަށް އިތުރު ބަދަލުތަކެއް ގެނެސްގެން ގަވާއިދު ހަރުދަނާ ކޮށްގެން ގެންދެވޭތޯ މަސައްކަތް ކުރާނީ." އާޒިމް ވިދާޅުވިއެވެ.

ޕީޖީ ލީޑަރުކަމަށް އާޒިމް އިންތިހާބުވެވަޑައިގެންނެވީ 57 މެމްބަރުންގެ ވޯޓާއެކުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް