ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 18:33
ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބް
ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބް
ޝުއައިބް މުހައްމަދު އިގްބާލް
ޕްރައިވަޓައިޒޭޝަން ބޯޑު
ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުން އައްޔަންކޮށްފައިވަނީ މަޖިލީހުގެ ރުހުން ނުހޯދާ: އެސްއޯއީ ކޮމިޓީ
2014 ވަނައަހަރާއި 2018 ވަނަ އަހަރު، ބޯޑު މެމްބަރުން އައްޔަނު ކުރެއްވުމަށްފަހުވެސް މަޖިލީހަށް ފޮނުއްވާފަ ނުވޭ

ކުރީގެ ސަރުކާރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް މެމްބަރުން އައްޔަންކުރީ މަޖިލީހުގެ ރުހުން ނުހޯދާ ކަމަށް ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ގާނޫނުގައި ރައީސުލްޖުމްހޫރިއްޔާ ބޯޑުގެ މެމްބަރުން އައްޔަންކުރުމަށްފަހު، އެ މެމްބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އިލިޔާސް، ކޮމެޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ ޤާނޫނުގައި އެގޮތަށް އޮތް ނަމަވެސް 2014 ވަނަ އަހަރާއި 2018 ވަނަ އަހަރު، ބޯޑު މެމްބަރުން އައްޔަނު ކުރެއްވުމަށްފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިނުވާކަމަށެވެ. އަދި އެ ބޯޑުން ވަނީ، ބޯޑަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ނުކުޅެދިފައިކަމަށް އިލިޔާސް ވިދާޅުވި އެވެ.

ކޮމެޓީގެ އަންގާރަ ދުވަހުގެ ބައްދަލުވުމުން ނިންމާފައިވަނީ ޕީސީބީގެ އަހަރީ ރިޕޯޓް ހުށަހަޅަފައިވުމުން އެ ރިޕޯޓް އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅައި، އެ ބޯޓުގެ ޕާރފޯމެންސް އޮޑިޓެއް ހެއްދެވުމަށެވެ.

- ކޮމެންޓް