Advertisement
ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 15:18
ރައްޔިތުންގެ މަޖިލިސް ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލިސް ޗެމްބަރުގައި މެމްބަރުން
މަޖިލިސް
މަޖިލިސް 2019
އެންއައިސީގެ ނަންތައް އަނބުރާ ކޮމިޓީއަށް
ކޮމިޓީން ދިރާސާ ކުރި ނަންތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ހޯދާފައިވަނީ ރުކްޝާނާ
ކޮމިޓީގެ ރިޕޯޓް އަނބުރާ ފޮނުވާލަން އިސްލާހު ހުށަހެޅުއްވީ ޖާބިރު
ޖާބިރުގެ އިސްލާހު ފާސްކޮށްފައިވަނީ 63 މެމްބަރުންގެ ވޯޓުން

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މެމްބަރަކު އައްޔަންކުރުމަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު، މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ތަޅުމުން ފާސްކޮށްފިއެވެ.

ކޮމިޓީގެ ރިޕޯޓްގެ ބަހުސް މަރްހަލާގައި ވާހަކަފުޅު ދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރް ވިދާޅުވެފައިވަނީ ކޮމިޓީން ދިރާސާކޮށް ފޮނުވާފައިވާ ނަންފުޅުތަކަކީ ކުރީގެ މަޖިލިސްއަށް ފޮނުވާފައިވާ ނަންފުޅުތަކަށްވުމާއި، އަދި އެކަމަށް ޝައުގުވެރިކަން ހުރި އިތުރު ބޭފުޅުންތަކެއް މިހާރު ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ޖާބިރް ވަނީ ކޮމިޓީގެ ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް އިސްލާހު ހުށަހަޅުއްވާފައެވެ.

އެ ހުށަހެޅުއްވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވަނީ ތާއީދު ކުރެއްވާފައެވެ. ޖާބިރުގެ އިސްލާހަށް އަންގާރަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހުމުން، 63 މެމްބަރުން ވަނީ އެ އިސްލާހަށް ތާއީދް ކުރައްވާ ވޯޓް ދެއްވާފައެވެ.

އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު، ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ 26 ޖޫންގައެވެ. ކޮމިޓީން ދިރާސާ ކުރުމަށްފަހު، 26 ޖޫންގައި ފޮނުވާފައިވާ ނަންފުޅުތަކަކީ 15 އެޕްރީލްގައި އޮތް 18 ވަނަ މަޖިލީހުން ކޮމިޓީއަށް ފޮނުވާފައިވާ ނަންފުޅުތަކެއެވެ.

އެންއައިސީ ގެ މެމްބަރު ކަމަށް އައްޔަންކުރަން ފެންނަ ކަމަށް ކޮމެޓީން އެންމެ ގިނައިން މާރކްސް ލިބިފައިވަނީ މ. ލިޔާގެ އައިމިނަތު ރުކްޝާނާ އިބްރާހިމަށެވެ

Advertisement

ރުކްޝާނާ އަށް ކޮމިޓީން ވަނީ 84.33 މާކްސް ދީފަ އެވެ. ރުކްޝާނާ ވަނީ މީގެ ކުރިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ރުކްޝާނާ އައްޔަންކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ކުރިމަތިލެއްވި 26 ބޭފުޅުން ކުރިމަތިލެއްވިއެވެ.

މެމްބަރުކަމަށް އައްޔަންކުރުމަށް އެކަށީގެންވާ ބޭފުޅުންގެ ގޮތުގައި ބަލަނީ ކޮމެޓީ މަރުހަލާގައި 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ކުރިމަތިލެއްވި 26 ބޭފުޅުންގެ ނަމުގެތެރެއިން 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބުނީ 4 ބޭފުޅުންނަށެވެ.

މަތިން މާރކްސް ލިބިވަޑައިގެންފައިވާ ހަތަރު ބޭފުޅުންގެ ތެރެއިން ޔޫސުފް މާނިއު މުހައްމަދަށް ވަނީ އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ. ކޮމިޓީ މަރްހަލާގައި މާނިއުއަށް މަތިން މާރކްސް ލިބުމާއި ގުޅިގެން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އާއިލާއިން ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ރިލްވާންގެ އާއިލާއިން ވަނީ އެކަމާއި ގުޅޭ ގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޤައްރިރަށް ސިޓީއެއް ފޮނުވާފައެވެ.

މަތިން މާރކްސް ހޯއްދަވާފައިވާ 4 ބޭފުޅުންނަކީ:

1. އައިމިނަތު ރުކްޝާނާ އިބްރާހިމް، މ. ލިޔާގެ - 84.33 މާރކްސް

2. އަލީ މުހައްމަދު މަނިކު ދަފްތަރު ނަމްބަރު 1851 - 78.83 މާރކްސް

3. ޑޮކްޓަރު އައިޝަތު ޝެހެނާޒް އާދަމް މ. އެމޭޒަން - 77.57 މާރކްސް

4. ޔޫސުފް މާނިއު މުހައްމަދު ގ.އަތަ - 77.57 މާރކްސް

މާރކްސް ދިނުމުގައި ކޮމިޓީން ބަލާފައިވަނީ ގާބިލްކަމާއި، ތަޖްރިބާގެ އިތުރުން ތައުލީމަށެވެ.

އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް މީހަކު އައްޔަންކުރަނީ، އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އިންޓެގްރިޓީ ކޮމިޝަނުގައި ފަސް މެމްބަރުން ތިއްބަވައެވެ. އެއީ ހައްސާނު ހަމީދު، ޚަދީޖާ އަބްދުﷲ، އަހުމަދު އަމީނު، އަހުމަދު ސުލައިމާނުއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފައްދާފައި ވަނީ 2016 ވަނަ އަހަރެއެވެ. އެއީ ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވާލުމަށް ފަހު އުފައްދާފައިވާ ކޮމިޝަނެކެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
2 ޖުލައި 2019 | އަންގާރަ 20:31
ހައްޤު
"އެކަމަށް ޝައުގުވެރިކަން ހުރި އިތުރު ބޭފުޅުންތަކެއް މިހާރު ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ" ވަރަށް ސާފުވީގޮތް. އަހަރަމެންނަށް ގަނެވޭނެ މީހާ އަށް ފުރުސަތުދެނީއޭކީނަމަދޯ. ނޫހުގަ ބޮޑުއަކުރުން ރުކްޝާނާ އައްޔަންކުރީ ޔާމިންއޭ ޖެހިޔަސް ހަޤީޤަތަކީ މަޖްބޫުވެގެން އައްޔަންކުރިކަން. އެމްޑީޕީއާއި އަމިއްލަ މެމްބަރުން ވޯޓުން ހޮވުނީއޭނާ. މަޤާމްދިނީވެސް އޭޖީއާ މަޝްވަރާކޮށްފަ. ނޫހުގަ ތެދު ހަބަރުތަށްލިޔަން އާދަކުރޭ. ހައްތަހާވެސް ކޮރަޕްޓް ސަރުކާރު މިޤައުމައްއަންނަނީ. މިފަހަރު ބިރުން ވޯޓަށްވެސް ނޭހި ހަހަހަހަހަހަހާ