ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 13:28
އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުސްއަބު
އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުސްއަބު
ޝުއައިބް މުހައްމަދު އިގްބާލް
އިސްލާމިކް މިނިސްޓްރީ
މުސްއަބުގެ ސަސްޕެންޝަން އަނެއްކާ ވެސް 30 ދުވަހަށް އިތުރު ކޮށްފި
މުސްއަބް އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މިދިޔަ މެއި 29 ވަނަ ދުވަހު
ސަސްޕެންޑް ކޮށްފައިވަނީ ސީއެސްސީއަށް ހުށައެޅި މައްސަލައަކާއި ގުޅިގެން

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲގެ ސަސްޕެންޝަން އަނެއްކާ ވެސް 30 ދުވަހަށް އިތުރު ކޮށްފިއެވެ.

މުސްއަބް އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މިދިޔަ މެއި 29 ވަނަ ދުވަހުއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ ވިދާޅުވީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން މުސްއަބްގެ ސަސްޕެންޝަން 30 ދުވަހަށް އިތުރު ކޮށްފައިވާ ކަމަށެވެ.ޒުހުރީ ވިދާޅުވީ މުސްއަބު ސަސްޕެންޑް ކޮށްފައިވަނީ އެކަމިޝަނަށް ހުށައެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. މައްސަލަ ބަލަމުންދާތީ އެކަމާ ބެހޭ ތަފްސީލެއް ވިދާޅެއް ނުވެއެވެ.

ޕީއެސްގެ މަގާމަށް މުސްއަބު އައްޔަން ކޮށްފައި ވަނީ މިދިޔަ ސަރުކާރުންނެވެ. އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީއެސްސީއިން ބަލަމުންދަނީ މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީ އިން ކުންފުނިތަކަށް ހުއްދަ ދިން ގޮތާ ގުޅޭ ގޮތުން ހުށައަޅާފައިވާ މައްސަލައެކެވެ.

ބެލެވޭ ގޮތުގައި މުސްއަބު ސަސްޕެންޑް ކޮށްފައި ވަނީ އޭނާއަކީ އިސްލާމިކް މިނިސްޓްރީގެ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުންނެވި ފަރާތަށް ކަމަށް ވުމުންނެވެ.

- ކޮމެންޓް