ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 11:44
ރައީސް ސޯލިހު ސިންގަޕޫރުގެ ރައީސްއާއި ބައްދަލުކުރެއްވުން
ރައީސް ސޯލިހު ސިންގަޕޫރުގެ ރައީސްއާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސުލްޖުމުހޫރިއްޔާ
ސިންގަޕޫރުގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވައިފި
ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފަ
ދެ ޤައުމުން ގުޅިގެން އެކުގައި މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފަ
ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ކުރިއަށް އޮތް ތާނގައި ވެސް އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސް ސޯލިހު ވިދާޅުވި

ސިންގަޕޫރުގެ ރައީސް ޙަލީމާ ޔަޢުޤޫބު ރާއްޖެ ވަޑައިގަތުމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު އަރުވައިފިއެވެ.

ރައީސް ސޯލިހު އެކަމަނާއަށް ދައުވަތުއަރުވާފައިވަނީ ހޯމަދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ޙަލީމާ ޔަޢުޤޫބު ބޭއްވެވި ފުރަމާނަ ޖާފަތުގައެވެ.

މި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ސިންގަޕޫރަކީ ޒަމާނުއްސުރެ ދިވެހިން ތަޢުލީމު އުނގެނުމަށާއި، ޞިއްޙީ ފަރުވާ ހޯދުމަށާއި، ވިޔަފާރިއަށް ދަތުރުފަތުރު ކުރަމުން އަންނަ ޤައުމެއް ކަމަށް ފާހަގަކުރައްވާ، ސިންގަޕޫރަކީ ރާއްޖޭގެ ވިޔަފާރީގެ ވަރުގަދަ ބައިވެރިއެއް ކަމަށާ އަދި މުހިންމު އެކުވެރިއެއް ކަމުގައި އެމަނިކުފާނު ވަނީ ސިފަ ކުރައްވާފައެވެ.

ރާއްޖެއާއި ސިންގަޕޫރަކީ ވަރަށް ގިނަ އެއްގޮތް ގޮންޖެހުންތައް ކުރިމަތިވާ ދެޤައުމު ކަމަށާއި، ދެ ޤައުމުން ގުޅިގެން އެކުގައި މިހާރު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެތެރޭގައި، ވިޔަފާރިއާއި، އިންޑިޔާ ކަނޑުގެ ސަރަޙައްދީ ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމުކުރުމާއި، ޓެރަރިޒަމް ހުއްޓުވުމަށް ކުރާ މަސައްކަތްތަކާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރުމުގެ އިތުރުން ކުދި ޤައުމުތައް ކުރިއެރުވުމަށްކުރާ މަސައްކަތް ހިމެނޭކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސިންގަޕޫރުގެ ރައީސް ބޭއްވެވި ފުރަމާނަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުން

ރާއްޖެއާއި ސިންގަޕޫރަކީ ވަރަށް ގިނަ އެއްގޮތް ގޮންޖެހުންތައް ކުރިމަތިވާ ދެޤައުމުކަމަށާއި، ދެ ޤައުމުން ގުޅިގެން އެކުގައި މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެތެރޭގައި، ވިޔަފާރިއާއި، އިންޑިޔާ ކަނޑުގެ ސަރަޙައްދީ ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމުކުރުމާއި، ޓެރަރިޒަމް ހުއްޓުވުމަށް ކުރާ މަސައްކަތްތަކާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރުމުގެ އިތުރުން ކުދި ޤައުމުތައް ކުރިއެރުވުމަށް ކުރާ މަސައްކަތް ހިމެނޭކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ނިސްބަތުން ކުޑަ ޤައުމެއްކަމުގައި ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ އަބުރުވެރިކަމާއެކު ތާރީޚުން ޖާގަ ހޯދަން ބޭނުންވާ ޤައުމެއްކަމަށާއި، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދިވެހިން މި ސަރުކާރު ހޮވީ ރައްޔިތުން ދެކެމުންއައި ހުވަފެން ހަޤީޤަތަކަށް ހެދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އަބުރުވެރި، އުފާ ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށާއި، ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި، އަދި ތާރީޚުގައި ރަންއަކުރުން ރާއްޖޭގެ ނަން ފަވާލުމަށްޓަކައި، ރާއްޖޭގެ އެކުވެރި ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ކުރިއަށް އޮތް ތާނގައި ވެސް އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

- ކޮމެންޓް