Advertisement
ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 09:13
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މެމްބަރުން ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މެމްބަރުން ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި
ޓްވިޓަރ
ފަލަ ސުރުހީ
ދައުލަތުން ރައްޔިތުންނަށް އިންސާފު ހޯދައި ދޭން ޖެހޭ: އައިމަން
މިނިވަން މުއައްސަސާތަކާއި ހަވާލުވެގެން ތިބި މީހުން ޒިންމާ އަދާނުކުރައްވާ ކަމަށް ވިދާޅުވި
ވިސްލްބްލޯބިލްގެ ސަބަބުން އެތައް ބަޔަކަށް ރައްކާތެރިކަން ލިބޭނެ

ނިމިގެން ދިޔަ ސަރުކާރުގައި ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކަށް ދައުލަތުން އިންސާފު ހޯދައިދޭން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރ އައިމަން ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ގައި އައިމަން ވިދާޅުވީ، ވޭތު ވެދިޔަ އަހަރުތަކުގައި ފެނިގެން ދިޔައީ ގާނޫނު އަސާސީގެ ބިންގާ ގެއްލި، ރައްޔިތުންނަށް ފަނޑިޔާރުގެއިން އިންސާފު ނުލިބި، މިނިވަން މުއައްސަސާތަކާއި ހަވާލުވެގެން ތިބި މީހުން ގާނޫނު އަސާސީން އެ ފަރާތްތަކާއި ހަވާލުކޮށްފައިވާ ޒިންމާ އަދާ ކުރަން ނުކުޅެދުނު ތަން ކަމަށެވެ.

Advertisement

އައިމަން ވިދާޅުވީ، މިނިވަން މުއްސަސާތައް ވެސް މަސައްކަތް ކޮށްފައިވަނީ ވަކި ބަޔަކަށް ލެނބިގެން ކަމަށާއި، ރައްޔިތުންނަށް ބޭ އިންސާފު ކަންތައްވެގެން ދިޔައީ އެ ފަރާތްތަކަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާ އަދާނުކުރުމުން ކަމަށެވެ.

މި ހުރިހާ ދުވަހު މި ހިނގާ ދިޔަ ނޭއްގާނީ ކަންކަން ބޭއިންސާފު، މިކަން ކަމުގެ ލިސްޓު ވަރަށް ދިގުވާނެ. އަނިޔާ ލިބުނު ފަރާތުގެ ލިސްޓު ވެސް ވަރަށް ދިގުވާނެ. މިސާލަކަށް ޖަލުތެރޭގައި އަނިޔާ ލިބިގެން ނޫނީ ބޭސްފަރުވާ ނުލިބިގެން މަރުވެގެން ދިޔަ މީހުންތައް ވެސް އެބަތިބި . އެހެންވީމަ ހަގީގަތަށް މީކީ ހަމައެކަނި ފައިސާއިން މިނެ ކިރޭނެ ކަންކަމެއް ނޫން. އެތައް އަނިޔާއެއް ރައްޔިތުންނަށް ލިބިފައި އެބަހުރި މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުރި. އަދި ހަމަ އެއާއި އެކު ވޭތުވެދިޔަ ތަނުގައި ލިބިފައި ހުރި ގެއްލުންތަކަށް ދައުލަތުން އެބަ ޖެހޭ އިންސާފު ހޯދައިދޭން''
އައިމަން ރަޝީދު ~ ޓްރާންސްޕޭރެންސީ މޯލްޑިވްސް ~

މިނިވަން މުއައްސަސާތައް މިހާރު ހަރުދަނާ ވަމުންދާކަން ފާހަގަ ކުރައްވަމުން އައިމަން ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ފަރާތްތައް މިނިވަން މުއްސަސާގައި ދެމި ތިބުމަކީ ރައްޔިތުންނަށް ނުތަނަވަސްކަން ލިބޭ ކަމެއް ކަމަށެވެ.

އަދި އޭގެ އިތުރުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށައަޅަފައިވާ ވިސްލްބްލޯ ބިލް އަކީ އޭގެ ސަބަބުން އެތައް ބަޔަކަށް ރައްކާތެރި ކަމެއް ލިބިގެންދާނެ ބިލެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ބިލަކީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނަގާ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓްކުރާ މީހުންގެ މައުލޫމާތު ރައްކާތެރި ކޮށްދޭ ބިލެކެެވެ. އެ ބިލްގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 19 ވަނަ މަޖިލީހުގެ 11 ވަނަ ޖަލްސާގައެވެ.

އައިމަން ވިދާޅުވީ، އެ ބިލުގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި، ފަސާދަ އާއި ގާނޫނާ ހިލާފު ކަންތައްތަކުގެ މައުލޫމާތު އެއްވެސް ފަސްޖެހުމެއް ނެތި ހާމަކުރުން ކަމަށެވެ.

އެ ބިލް ގާނޫނަކަށް ހެދުމުން ދައުލަތައް ނުވަތަ ކުންފުންޏަކަށް ލިބޭ ފައިސާގެ ގެއްލުންތަކާއި އާއްމު ސިއްހަތަށް ލިބޭ ގެއްލުމުގެ މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކަށް ރައްކާތެރި ކަން ލިބިގެންދާނެ ކަމަށެވެ.

އަމިއްލަ ކުންފުނިތަކުގައި ވަޒީފާއަދާކުރާ މީހާއަށް ވަޒީފާގެ ބިރުހީވުން ނުވަތަ ލިބިދާނެ ގެއްލުމަކަށް ގާނޫނީ ގޮތުން ރައްކާތެރިކަން އެ ބިލުގެ ސަބަބުން ލިބިގެންދާނެ ކަމަށް އައިމަން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް