Advertisement
ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 02:57
ޖޭއެސްސީ - ކޮމިޝަނުން ދަނީ ގިނަ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުން
ޖޭއެސްސީ - ކޮމިޝަނުން ދަނީ ގިނަ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުން
މުހައްމަދު ޝަރުހާން
ޖުޑިޝަލް ސަރވިސް ކޮމިޝަން
ގާޒީ އާރިފާއި، އިތުރު 4 ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމައިފި
އިންނަމާދު ކޯޓުގެ މެޖިސްޓްރޭޓަށް ވަނީ ނަސޭހަތްދީފައި
މައްސަލަ ބަލަމުން ދަނީ އެކުލަވައިލާފައިވާ ކޮމިޓީއަކުން

ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފާއި, އިތުރު ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފަނޑިޔާރުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޖޭއެސްސީން ބުނެފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭއެސްސީގެ ޑިރެކްޓަރ ހަސަން ޒަހީން ވިދާޅުވީ، ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފުގެ އިތުރު ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަން ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

އެ ފަނޑިޔާރުންނަކީ، ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ހުސައިން ރަޝީދު، ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ، ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު ޢައިނާން އަލީ މުހައްމަދުގެ އިތުރުން ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ހަސަން އަދުނާނުގެ މައްސަލަތައް ކަމަށެވެ.

އެ ހުރިހާ ބޭފުޅުންގެ މައްސަލަ ބަލަނީ އެކަމަށް އެކުލަވާލާފައިވާ ކޮމީޓީ ތަކުންނެވެ. މީގެ އިތުރުން އެ ކޮމިޝަންގެ 40 ވަނަ ޖަލްސާގައި ރ. އިންނަމާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ނަޝީދާ ނަސޭހަތް ދިނުމުގެ ފިޔަވަޅު އެޅުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

Advertisement

ޖޭއެސްސީން ބުނީ، ނަޝީދުއަށް ނަސޭހަތް ދޭން ނިންމި އޭނާއާ ބެހޭ ގޮތުން އެ ކޮމިޝަނަށް ހުށައެޅުނު ޝަކުވާ ކޮމިޝަނުން ތަހުގީގު ކޮށް ނިމުމުން ކަމަށެވެ.

އޭގެއިތުރުން އެއްވެސް އިދާރާއަކަށް ފަނޑިޔާރަކާއި ބެހޭ ގޮތުން އެއްވެސް ބާވަތެއްގެ މައްސަލައެއް ހުށައެޅި ތަހްގީގުކުރަމުންދާ ކަމުގައިވާނަމަ އެފަދަ މައްސަލަތައް ވެސް ޖޭއެސްސީ އަށް އަންގައި ދިނުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް