Advertisement
ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 02:54
ކްރިމިނަލް ކޯޓް - އެ ކޯޓަށް ދެ ގާޒީއަކު ހޯދަން އިއުލާން ކުރި
ކްރިމިނަލް ކޯޓް - އެ ކޯޓަށް ދެ ގާޒީއަކު ހޯދަން އިއުލާން ކުރި
ރާއްޖެއެމްވީ
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދެ ކޯޓަކަށް ގާޒިން ހޯދަން ކުރި އިއުލާންތައް ބާތިލްކޮށްފި
ސިވިލް ކޯޓަށް ދެ ގާޒީން ހޯދަން އިއުލާން ކުރި
ބަަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު އަލުން އިއުލާން ކުރާނެ
ކްރިމިނަލް ކޯޓަށް ދެ ގާޒިން ހޯދަން އެދިފައިވަނީ ސުޕްރީމް ކޯޓުން

ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ގާޒިން ހޯދަން ކުރި އިއުލާންތައް ބާތިލްކޮށްފިއެވެ.

ސިވިލް ކޯޓަށް ދެ ގާޒީން ހޯދަން އިއުލާން ކޮށްފައިވަނީ މޭ މަހުގެ 22 ވަނަ ދުވަހުއެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

Advertisement

ސުޕްރީމް ކޯޓުގެ އެދުމުގެމަތިން ކްރިމިނަލް ކޯޓަށް ދެ ގާޒި އަކު އިތުރު ކުރުމަށް ނިންމާފައިވަނީ ޖޭއެސްސީގެ 39 ވަނަ ޖަލްސާގައެވެ. އެ އިއުލާންގެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، އެ މަގާމަށް ބައެއް ފަރާތްތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިކަމަށްޓަކައި ކޮމިޝަނުން އެކުލަވާލަފައިވާ ކޮމިޓީން މި މަސައްކަތް ކުރިޔަށް ގެންދިޔައިރު ފާހަގަވި ބައެއް ކަންތައްތަކަށް ބަލާފައި އެ ބޭފުޅުންނަށް ފާހަގަ ކުރެވުނީ މި ދަނޑިވަޅުގައި މިކަން ކުރިޔަށް ނުގެން ގޮސް މިކަމަށްޓަކައި އެކުލަވާލަފައި ހުރި ބައެއް އިދާރީ ކަންތައް އެބަޖެހޭ ބަލަން.
ހަސަން ޒަހީން ~ ޖޭއެސްސީގެ ޑިރެކްޓަރ

ޒަހީން ވިދާޅުވީ، މިހާރު އެ އިއުލާން ބާތިލްކޮށްފައިވިޔަސް ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު އަލުން އިއުލާން ކުރާނެ ކަމަށެވެ.

ފަނޑިޔާރުން ހޯދަން ކޮށްފައިވާ އިއުލާން ބާތިލް ކޮށްފައިވާއިރު، ގިނަ ފަނޑިޔާރުންތަކާއި ގުޅޭ ގޮތުން ޝަކުވާތަކެއް ހުށައެޅި ޖޭއެސްސީން ދަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރެއިން މިހާރު އެ ކޮމިޝަނުން އެންމެ އިސްކަމެއްދީގެން ކުރިޔަށް ގެންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދިއާ ބެހޭ ގޮތުން ހުށައެޅިފައިވާ ޝަކުވާއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑު އެހުން އާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ވަނީ ބާއްވާފައެވެ. މައްސަލަ ކުރިޔަށް ދަނިކޮށް އަމިއްލަ ދަތުރުފުޅެއްގައި ދީދީ ވަނީ މެލޭޝިޔާ އަށް ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް