Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 23:01
ޖޭއެސްސީގެ މެމްބަރުން ތަކެއް
ޖޭއެސްސީގެ މެމްބަރުން ތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ޖުޑީޝަލް ސަރވިސް ކޮމިޝަން
ކޯޓުތަކުގައި ޖިންސީ ފުރައްސާރަ އޮތް މިންވަރު ބަލަން ދިރާސާ އެއް ކުރަނީ
ކޯޓުތަކުގައި ޖިންސީ ފުރުއްސާރަ ކޮށްގެން ހުށައެޅޭ މައްސަލަތައް ގިނަ
ފަނޑިޔާރަކާއި ބެހޭ ތަހްގީގެއް ކުރަމުންދާ ކަމަށްވާނަމަ ޖޭއެސްސީ އަށް އެންގުމަށް ވަނީ އެދިފައި
ދެ ފަނޑިޔާރަކު ޖިންސީ ގޯނާ ކުރި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައި

ކޯޓުތަކުގައި ޖިންސީ ފުރުއްސާރަ އޮތް މިންވަރު ދެނެގަތުމަށް ދިރާސާއެއް ކުރުމަށް ޖުޑީޝަލް ސަރިވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީގެ 40 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަންތައްތައް މީޑިއާ އަށް ހިއްސާ ކުރުމަށް ހޯމަ ދުވަހު ބޭއްވި ނޫސްކޮންފަރެންސް ގައި ޖޭއެސްސީގެ ޑިރެކްޓަރ ހަސަން ޒަހީން ވިދާޅުވީ، ކޯޓުތަކުގެ މުވައްޒަފުންނަށް ޖިންސީ ފުރުއްސާރަކުރުމާ ގުޅޭގޮތުން ކޮމިޝަނަށް ހުށައެޅޭ ޝަކުވާގެ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަން އޮތް މިންވަރު ދެނެގަތުމަށް ދިރާސާއެއް ހެދުމަށް، ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން އެއްވެސް އިދާރާއަކަށް ފަނޑިޔާރަކާއި ބެހޭ ގޮތުން އެއްވެސް ބާވަތެއްގެ މައްސަލައެއް ހުށައެޅި ތަހްގީގުކުރަމުންދާ ކަމުގައިވާނަމަ އެފަދަ މައްސަލަތައް ވެސް ޖޭއެސްސީ އަށް އަންގައި ދިނުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

Advertisement

ކޯޓުތަކުގައި ޖިންސީ ފުރުއްސާރަ އޮތް މިންވަރު ބެލުމަށް ދިރާސާއެއް ކުރުމަށް ކޮމިޝަނުން ނިންމާފައިވާއިރު، މިހާރުވެސް ބައެއް ފަނޑިޔާރުންނާއި ބެހޭ ގޮތުން ހުށައެޅިފައިވާ ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ހުށައަޅާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ހޯމަ ދުވަހު ސަސްޕެންޑް ކޮށްފައިވާ ކ. ޖުޑީޝަލް ސަރވިސްގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޢިބްއާ ބެހޭ ގޮތުން ތަހުގީގު ކުރަމުންދަނީ ކޯޓުގެ އަންހެނުންތަކަކަށް ޖިންސީ ފުރުއްސާރަ ކުރި މައްސަލައެކެވެ. އަދި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަދުނާން ހުސައިންއާ ބެހޭ ގޮތުން ހުށައެޅިފައިވާ ޝަކުވާއަކީ ވެސް އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނަ ކުރި މައްސަލައެއްކަން އިތުބާރު ހުރި ފަރާތުން ވަނީ ރާއްޖެ.އެމްވީ އަށް މައުލޫމާތުދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް