ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 23:21
ބިޒްނަސް އެކްސްޕޯ 2019
ބިޒްނަސް އެކްސްޕޯ 2019
އޯރކާ މީޑިއާ ގްރޫޕު
މޯލްޑިވްސް ބިޒްނަސް އެކްސްޕޯ
މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ސެޕްޓެމްބަރު މަހު ބާއްވަނީ
 
އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުން 30 ވަނަ ދުވަހަށް

އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން، ކޯޕަރޭޓް މޯލްޑިވްސް "ބިޒްނަސް އެކްސްޕޯ 2019" ބޭއްވުމަށް ނިންމައިފިއެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުން 30 ވަނަ ދުވަހަށް ދަރުބާރުގޭގައެވެ. މި އެކްސްޕޯގެ ޒަރިއްޔާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އެކްސްޕޯގައި 4 ސަމިޓެއް ކުރިއަށްދާނެއެވެ. އެ ސަމިޓްތަކަކީ މޯލްޑިވްސް ޔަންގް އޮންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ވުމަން އޮންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ޓެކް ސަމިޓް އަދި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ. މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އެންމެ އެކަށީގެންވާ މާޙައުލެއްގައި ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި މި އިވެންޓުގައި ކުރިއަށްދާ ކޮންމެ ސަމިޓަކުންވެސް އެ ދާއިރާއެއްގައި ހުރި ގޮންޖެހުންތަކާއި،އެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އޯރކާ މީޑިއާ ގްރޫޕަކީ 2010 ވަނަ އަހަރުން ފެށިގެން މާރކެޓިންގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. ނަމަވެސް މި އަހަރުގެ މޭމަހުގެ ތެރޭ މި ކުންފުނި ވަނީ މީޑިއާއަށް ޚާއްސަ ކުންފުންޏަކަށް ބަދަލުވެފައެވެ. މި ބަދަލާއެކު އޯރކާ މީޑިއާ ގްރޫޕުން ބޭނުންވަނީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ޚަބަރުތައްވެސް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ. އޯރކާ މީޑިއާ ގްރޫޕުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭ މީޑިއާގެ ޚިދުމަތް، އިވެންޓް ބޭއްވުން، މާރކެޓިންގެ ޚިދުމަތްތައް، ކޮންޓެންޓް މާރކެޓިންގް، ޕަބްލިޝިންގް، ވެބް ޑިޒައިން، އިޝްތިހާރުކޮށްދިނުން، ބްރޭންޑިންގް، ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ޚިދުމަތްތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް
'ވޯލްޑް ޝެފްސް އޭޝިޔާ ޕްރެސިޑެންޓްސް އަހަރީ ބައްދަލުވުން 2024' ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހުން 7 ދުވަހަށް ބަންދު
3 މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ، ޑްރޯން ބޭނުންނުކުރާ ސަބަބު ސާފެއްނުކޮށްދިން
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް މިނިސްޓްރީން އަންގައިފި