ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 03:12
ކަރީނާ ކަޕޫރު
ކަރީނާ ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އަންގްރޭޒީ މީޑިއަމް ގައި ކަރީނާގެ ފުރަތަމަ ފެނިލުން ދައްކާލައިފި
"އަންގްރޭޒީ މީޑިއަމް" އަކީ 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ހިންދީ މީޑިއަމް" ގެ ސީކުއެލް

ބޮލީވުޑްގް ތަރި ކަރީނާ ކަޕޫރު ވަނީ އޭނާގެ އަންނަން އޮތް ފިލްމް "އަންގްރޭޒީ މީޑިއަމް"ގެ ފުރަތަމަ ފެނިލުން ހިއްސާކޮށްފައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ހިއްސާކޮށްފައިވާ ފޮޓޯގައި ކަރީނާ ފެނިގެން ދަނީ ސިފައިންގެ މީހެއްގެ ގޮތުގައި ގައެވެ. ފޮޓޯގައި ކެޝުއަލް ހެދުމެއްގައި ކަޜީނާ ހުރި އިރު އުނަގނޑުގައި ވަނީ ބެޖެއް ހަރުކޮށްފައެވެ.

އަންގރޭޒީ މީޑިއަމް އަކީ މިދިޔަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދުމަށް ފަހު އިރުފާން ޚާން ފުރަތަމަ މަސައްކަތް ކުރާ ފިލްމެވެ.

އިރުފާން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯގައި އިރުފާން ފެނިގެންދަނީ ހަލުވާ ފިހާރައެއްގެ ވެރިއަކަށް ހުއްޓައެވެ. ފިހާރަ ދޮރުމަތީގައި ވަރަށް ގޮތުގައި އޭނާ ހުއްޓިލައިގެން ހުރިއިރު އޭނާ ލާފައިވަނީ ރީނދޫ ކުލައިގެ ކުރުތާއަކާއި ފިޔާތޮށިކުލައިގެ ފަޓުލޫނެކެވެ.

ރާދިކާ ފެނިގެންދާނީ އިރުފާންގެ ދަރިއެއްގެ ރޯލުންނެވެ.

"އަންގްރޭޒީ މީޑިއަމް" އަކީ 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ހިންދީ މީޑިއަމް" ގެ ސީކުއެލްއެވެ.

ހިންދީ މީޑިއަމްގައި އިރުފާން ކުޅެފައިވަނީ ދިއްލީގެ މުއްސަނދި ވިޔަފާރިވެރިއެއްގެ ރޯލެވެ.

ކަރީނާ ވަނީ އާދިއްތަ ދުވަހު އޭނާ ބޮލީވުޑްގައި މަސައްކަތް ކުރާތާ 19 އަހަރު ފުރުން ފާހަގަ ކޮށްފައެވެ.

- ކޮމެންޓް