Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 19:37
ކ. ތުލުސްދޫގައި ކުރިޔަށް ގެންދިޔަ އިސްމެޖިސްޓްރޭޓް މުހައްމަދު ރާޢީބްގެ މައްސަލަ ބެލި ކޮމެޓީ
ކ. ތުލުސްދޫގައި ކުރިޔަށް ގެންދިޔަ އިސްމެޖިސްޓްރޭޓް މުހައްމަދު ރާޢީބްގެ މައްސަލަ ބެލި ކޮމެޓީ
ގޫގުލް
ޖުޑީޝަލް ސާވިސް ކޮމިޝަން
މެޖިސްޓްރޭޓް ރާޣިބް ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމައިފި
ސަސްޕެންޑްކުރީ މައްސަލައިގެ ތަހުގީގު އެއްކޮށް ނިމެންދެން
ތަހުގީގު ތެރެއިން ފާހަގަކުރެވުނު ޖިނާއީ ކަންކަން ތަހުގީގުކުރަން ފުލުހުންނަށް އަންގާފައިވޭ
މައްސަލައިގެ ގިނަ ހެކީންގެ ހެކިބަސް ނަގާ ވަނީ ނިމިފައި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލައާއި ގުޅިގެން ކ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުހައްމަދު ރާޣިބް އަޙްމަދު ސަސްޕެންޑްކުރަން ނިންމައިފިއެވެ.

ޖޭއެސްސީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ޒަހީން ވިދާޅުވީ އިސްމެޖިސްޓްރޭޓް ރާޣިބް ސަސްޕެންޑްކުރަން ނިންމީ، ކޮމިޝަނުން މިހާރު ބަލަމުންގެންދާ މައްސަލައިގެ ތަހުގީގު ކުރިޔަށްދާއިރު، އިސްމެޖިސްޓްރޭޓް ރާޣިބް މަސައްކަތަށް ނިކުމެ އުޅުމަކީ ތަޙްގީގަށް ހުރަސް އެޅިދާނެކަމެއް ކަމަށް އެ ކޮމިޝަނަށް ބެލެވޭތީ ކަމަށެވެ.

އިސްމެޖިސްޓްރޭޓް ރާޣިބް އަލުން މަސައްކަތަށް ނިކުތުމާ މެދެ ގޮތެއް ނިންމާނީ، ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ކުރިޔަށް ގެންދާ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓް ކޮމިޝަނަށް ހުށައަޅާ، ގާނޫނުގައިވާ ގޮތުގެ މަތިން ލިބިދޭންޖެހޭ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ފަހުގައެވެ.

Advertisement

ޖޭއެސްސީން ކުރިޔަށް ގެންދާ ތަޙުގީގުގެ ތެރެއިން ފާހަގަކުރެވުނު ޖިނާއީ ކަންތައްތަކާއި ގުޅިގެން އެ މައްސަލަތައް ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި ދެންނެވުމަށް އެ ކޮމިިޝަނުން ނިންމާފައިވާ ކަމަށް ވެސް ޒަހީން ވިދާޅުވިއެވެ. އަދި ހަމަ އެ ތަހުގީގު ތެރެއިން ފާހަގަވީ ކަންތައްތަކަކާއި ގުޅިގެން ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓް ޢައިނާން އަލީ މުހައްމަދުގެ ޝަކުވާއެއް ބެލުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްމެޖިސްޓްރޭޓް ރާޣިބްގެ މައްސަލަ މިހާރު ކުރިޔަށް ދިޔަ ހިސާބު އޮޅުންފިލުއްވައިދެއްވަމުން ޒަހީން ވިދާޅުވީ، އެ މައްސަލައާއި ގުޅުން ހުރި ގިނަ ހެކީންގެ ހެކިބަސް ނަގާފައިވާ ކަމަށެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖޭއެސްސީން ބަލަމުންދަނީ އިސްމެޖިސްޓްރޭޓް ރާޣިބް އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލައެވެ. އޭނާގެ ތަހުގީގު މަޖިލިސް ކުރިޔަށް ގެންދިޔައީ ކ. ތުލުސްދޫގައެވެ. ރާޢިބްގެ މައްސަލަ ބަލަނީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަންގެ މެމްބަރުން ކަމުގައިވާ ހިސާން ހުސައިން އާއި ބަންޑާރަ ނައިބު ރިއްފަތު އާއި މުހައްމަދު އީސާފުޅު އަދި އަބްދުލްހަންނާނު އަހުމަދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް