Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 15:36
އެމްއެންޔޫގެ ލެކްޗަރާ އަޒީޒާ އަފީފު ކޮމެޓީގައި ވާހަކަދައްކަވަނީ
އެމްއެންޔޫގެ ލެކްޗަރާ އަޒީޒާ އަފީފު ކޮމެޓީގައި ވާހަކަދައްކަވަނީ
ޝުއައިބް މުހައްމަދު އިގްބާލް
އެމްއެންޔޫ
ޑިގްރީ ކޯސްތަކުގެ އިތުރުން ދަށް ލެވަލްގެ ކޯސްތަކަށް ހިލޭ ކިޔެވޭނެ ގޮތް ހަދަންޖެހޭ: އެމްއެންޔޫ
އެއީ ކިޔެވުމަށް ދަށް ކުދިންނަށް ވެވޭ ބޭއިންސާފެއް
ޑިގްރީ ހިލޭ ކިޔެވުމުގެ ފުރުސަތު ސަރުކާރުގެ ދެ ޔުނިވަރސިޓީއަށް އެކަނިދޭން ފެނޭ

ޑިގްރީ ކޯސްތަކުގެ އިތުރުން ދަށް ލެވަލްގެ ކޯސްތަކަށް ހިލޭ ކިޔެވޭނެ ގޮތަށް އިސްލާހު ހުށަހަޅާ ދިނުމަށް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫއިން) އެދެފިއެވެ.

ޔުނިވަރސިޓީން މިކަމަށް އެދިފައިވަނީ ޔުނިވަރސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރަމުން އަންނަ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ބައްދަލުވުމުގައެވެ.

Advertisement

ކޮމެޓީގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ލެކްޗަރާ އަޒީޒާ އަފީފު ވިދާޅުވީ އޭލަވަލްއާ، ޑިގްރީ ކޯސް ހިލޭ ސަރުކާރުން ކިޔަވާދޭއިރު މިއީ ކިޔެވުމަށް ދަށް ކުދިންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ.

އަޒީޒާ ވިދާޅުވީ ޑިގްރީ ކޯހުގައި ބައިވެރިވެވެނީ އޭލަވަލްގައި އެންމެ ދަށްވެގެން 3 ފާސް ލިބޭ ދަރިވަރުން ކަމަށާއި، އޭލަވަލް ނުކިޔަވާ ނުވަތަ އޯލަވަލް ނިންމާފައި މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުން ފައުންޑޭޝަން ނުވަތަ ސެޓްފިކެޓް ލެވަލް ކޯހަކުން ފެށި ނަމަވެސް ކޯސް ފީ ދައްކަން ޖެހޭ ކަމަށެވެ. އަދި އެއީ ދަރިވަރުންގެ މެދުގައި ކުރެވޭ ވަރަށް ބޮޑު ފަރަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހެންވީމަ ދަށްކުދިން ހައްތާ ދަށްވެ ބާކީވާ ގޮތް ވަނީ ހަމަ. އޭލަވަލްއަށް މޮޅު ކުދިންނަށް ސަރުކާރުން ކިޔަވާދެވި މޮޅު ކުދިންނަށް ވެސް ޑިގްރީއަށް ފްރީ ކުރެވެނީ. އެހެންވީމަ މިދޭތެރޭގައި އުޅޭ އަސްލުގައި ހުސްތަންކޮޅެއް. އެތަންކޮޅު ފުރިހަމަކޮށްލަވަން އެބަޖެހޭ.

މީގެ އިތުރުން އަޒީޒާ ވިދާޅުވީ ޑިގްރީ ހިލޭ ކިޔަވާދޭއިރު، އެފުރުސަތު ސަރުކާރުގެ ދެ ޔުނިވަރސިޓީއަށް އެކަނި ދިނުމުން ކޯސްތަކަށް ދަރިވަރުން ނުލިބިގެން ނުވަތަ ކޯސްތައް ނުހިންގިގެން އުޅެން ނުޖެހޭ ކަމަށެވެ.

އަޅުގަނޑު ބިލްގައި ހިމަނަން ބޭނުންވަނީ ހިލޭ ޑިގްރީއާ ހަމައަށް އެއްވެސް ފީއެއް ނުދައްކާ ދިވެހި ރައްޔިތުން ސަރުކާރުންގެ ދެ ޔުނިވަރސިޓީން ކިޔެވެންވާނޭ. ނުކުތާ ހިމަނާ ދެއްވާށޭ. ދިވެހިރައްޔިތުން ނޫން ބިދޭސީންނަށް މިފުރުސަތު ނޯންނާނޭ.

ބިލް ދިރާސާ ކުރުމަށްފަހު ކޮމެޓީގެ ރިޕޯޓު މިމަހުގެ 9 ވަނަ ދުވަހު މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހެއެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ އިސްލާހަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް ހުޅުވާލިއެވެ. އެފުރުސަތު އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް