Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 15:47
އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީ އާއި ބައްދަލުކުރި 16 ސްކޫލްގެ ކުދިން
އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީ އާއި ބައްދަލުކުރި 16 ސްކޫލްގެ ކުދިން
މަޖިލިސް 2019
ސްކޫލް ކުދިންގެ އަޑު މެމްބަރުން އަހާކަން އެގިއްޖެ: ސްކޫލްތަކުގެ ދަރިވަރުން
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްއިން އިސްނަގައިގެން މާލޭގެ 16 ސްކޫލަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ވަނީ އިލްތިމާސެއް ހުށަހަޅާފަ
ކުދިންގެ އިލްތިމާސް ގަރާރެއްގެ ގޮތުގައި ހުށަހަޅައި، އެ ގަރާރު މަޖިލީހުން ވަނީ ފާސްކޮށްފައި
ގަރާރަށް ބަހުސްކުރެވު އިރު ސްކޫލްތަކުގެ ކުދިން ވަނީ މަޖިލިސް ގެލެރީގައި ތިބެ ބަހުސް ކުރިއަށް ދިޔަ ގޮތް ބަލާލާފައި

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހުއްޓާލުމުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ކުރެވިގެން ދިޔުމަކީ ސްކޫލް ދަރިވަރުންގެ އިހްސާސް މެމްބަރުން އަޑުއަހާކަން ހާމަވެގެން ދިއުން ކަމަށް ސްކޫލްތަކުން ބުނެފިއެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްއިން އިސްނަގައިގެން 16 ސްކޫލަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ވަނީ އިލްތިމާސެއް ހުށަހަޅާފައެވެ. އެ އިލްތިމާސުގައި ސްކޫލްތަކުގެ ކުދިން އެދިފައިވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމެވެ.

ދަރިވަރުންގެ އިލްތިމާސް އަޑުއެހުމަށްފަހު މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީން ނިންމީ، ދަރިވަރުންގެ އިލްތިމާސް މަޖިލީހަށް ގަރާރެއްގެ ގޮތުގައި ހުށެހުމަށެވެ. އެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ވަނީ ފާސްކޮށްފައެވެ.

Advertisement

ސްކޫލްތަކުގެ ދަރިވަރުން ހުށަހެޅި ގަރާރަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެވުނު ވަގުތު، އެ ދަރިވަރުން ވަނީ މަޖިލީހުގެ ގެލެރީގައި ތިބެ ގަރާރަށް ކުރެވުނު ބަހުސް އަޑުއަހާފައެވެ.

އިލްތިމާސް މަޖިލީހުގެ ތަޅުމަށް ގަރާރެއްގެ ގޮތުގައި ހުށަހަޅައި، އެ ގަރާރު ފާސްކުރުމާއި ގުޅިގެން މަޖިލީހުގެ ގެލެރީގައި ތިބެ "ރާއްޖެއެމްވީ" އަށް ދިން ޚާއްސަ އިންޓަރވިއުގައި ސްކޫލްތަކުގެ ދަރިވަރުން ބުނެފައިވަނީ، އެދަރިވަރުންގެ އިލްތިމާސަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެވިގެން ދިޔުމުން، މެމްބަރުން އެދަރިވަރުންގެ އިހްސާސް އަޑުއަހާކަން ހާމަވެގެން ހިގައްޖެ ކަމަށެވެ.

ސީއެޗްސީގެ ދަރިވަރު ފާތިމަތު ޒާއިން ނައީމް ބުނީ މަޖިލީހުން އެ ކުދިން އިލްތިމާސް ގަރާރެއްގެ ގޮތުގައި ހުށަހަޅައި، ފާސްކުރި ކުރުމަކީ، އެދަރިވަރުންގެ މުސްތަގްބަލަށް އެޅިގެން ދިޔަ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.

އަޅުގަނޑުމެން ސްކޫލް ކުދިންގެ އިހްސާސް މެމްބަރުން އަޑުއަހާކަން އެގިގެން ހިގައްޖެ. އަޅުގަނޑުމެންގެ މުސްތަގްބަލަށްޓަކާ އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް.
ފާތިމަތު ޒާއިން ނައީމް

ސްކޫލްތަކުގެ ދަރިވަރުން ވަނީ މެމްބަރުންގެ ފަރާތުން އެ ކުދިންނަށް ލިބުނު އެއްބާރުލަށް ޝުކުރު އަދާކޮށްފައެވެ.

އަޅުގަނޑުމެންނަށް މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރިއްޔާ.
އައިޝަތު ޝާޔަން ޝިޔާން

ހަމައެކަނި ގަވާއިދެއް ހަދައި ނިންމާލުމަކުން ނުފުދޭނެ ކަމަށް ސްކޫލްތަކުގެ ދަރިވަރުން ވަނީ ބުނެފައެވެ. މިކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ހުރިހާ ފަރާތްތަކުންވެސް ކުރުމަށް ސްކޫލްތަކުގެ ދަރިވަރުން ވަނީ އެދިފައެވެ.

ރާއްޖެއަކީ ތިމާވެއްޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކޮށްފައި އުކާލުން، އެއީ ތިމާވެއްޓަށް ދެވޭ އެންމެ ބޮޑު އިހްމާލް ކަމަށް ފާތިމަތު ޒާއިން ވަނީ ބުނެފައެވެ.

ރާއްޖެއަކީ ތިމާވެއްޓަށް ބަރޯސާވެފައިވާ ގައުމެއް މިހާރު ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެންމެ ބޮޑަށް އިހްމާލުވެގެން ތިމާވެއްޓަށް ދެވޭ އެންމެ ބޮޑު ގެއްލުމަކީ އެއްފަހަރު ބޭނުންކޮށްފައި. އުކާލާ ޕްލާސްޓިކް އަޅުގަނޑުމެންގެ ކަނޑުތަކާއި ހަމައަށް ދިއުން. އަމިއްލައަށް ކުރެވެން އޮތް ކަމެއް ކުރެވިގެން ނޫންތޯ، އެކަން ރަނގަޅު ކުރެވޭނީ.
ފާތިމަތު ޒާއިން ނައީމް

އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ދަރިވަރުން އެދުނު އެދުމާއި އެއްގޮތަށް އެންވަޔަރަމަންޓް ކޮމިޓީން ހުށަހަޅާފައިވާ ގަރާރުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އެއް ފަހަރު ބޭނުން ކޮށްފައިވާ އުކާލާ ޕްލާސްޓިކް ފުޅި އާއި ޕްލާސްޓިކް ހޮޅި ވިޔަފާރިތަކުގައި ބޭނުން ކުރުން ހުއްޓުވުމަށް ބާރު އެޅުވުން ހިމެނެއެވެ. އަދި ޕްލާސްޓިކުގެ ބާވަތްތައް އާއްމުން ބޭނުން ކުރުމުން ދުރުކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގުމަށާއި، ޕްލާސްޓިކް ފުޅި ރާއްޖޭގައި ބޭނުންކުރުން މަދުކުރަމުން ގޮސް 2024ގެ ނިޔަލަށް އެފަދަ ފުޅިތައް މަނާ ކުރުން ވެސް ގަރާރުގައި ހިމެނެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅިޔާއި، ސުޕާރީ ކޮތަޅު 2020 ނިޔަލަށް ދިވެހިރާއްޖޭގައި މަނާކުރުގެ އިތުރުން 2025ގެ ނިޔަލަށް ހުރިހާ ބާވަތެއްގެ ޕްލާސްޓިކް މަނާކުރުން ވެސް އެ ގަރާރުގައި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް