Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 09:43
ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ
ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ
މިހާރު
ރައްޔިތުންގެ މަޖިލިސް 2019
ލުތުފީ މާލެ ގެނައުން ލަސްވުމުން، މަޖިލީހަށް ކުއްލި މައްސަލައެއް
ލުތުފީ ގެނައުން ސަރުކާރުން ލަސްކުރަމުން އަންނަ ކަމަށް
ލަންކާގެ ސަލާމަތީ ބާރުތަކާއި އޭނާ ހަވާލުކޮށްފައި ނުވާ ކަމަށް ވަނީ ބުނެފައި
24 ގަނޑިއިރު ތެރޭގައި ގެންނާނެ ކަމަށް ބުނެ، އެ ގަނޑި ފަހަނައަޅައި ދިޔައިރުވެސް ގެނެވިފައި ނުވާ ކަމަށް

ހ. ހާޖަރަގޭ އަބްދުﷲ ލުތުފީ މާލެ ގެނައުން ލަސްވެފައިވާތީ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ އިދިކޮޅު ޕީއެންސީގެ މެމްބަރު އާދަމް ޝަރީފްއެވެ.

ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް 69 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ ލުތުފީ 48 ގަނޑިއިރު ތެރޭގައި މާލެ ގެންނާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެ ގަނޑި ފަހަނަޅައި ދިޔަ އިރުވެސް އޭނާ ގެނެވިފައިނުވާ ކަމަށެވެ. އަދި އޭނާ ގެނައުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް، މިހާރު ސަރުކާރުން ބުނެފައިވާ ކަމަށާއި، އަދި ދިވެހި ސަރުކާރުން އޭނާ ސްރީލަންކާގެ ސަލާމަތީ ބާރުތަކާއިވެސް ހަވާލުކޮށްފައި ނުވާ ކަމަށެވެ.

މެމްބަރު ޝަރީފް ވިދާޅުވީ ލުތުފީ އަކީ ލަންކާގެ ގާނޫނުތަކާއި ޚިލާފަށް އުޅެފައިވާ މީހަކަށްވާއިރު، ދިވެހި ސަރުކާރުން އޭނާ ލަންކާ ސަލާމަތީ ބާރުތަކާއި ވެސް ހަވާލުނުކޮށް، ލަންކާގައި ހުންނަ ދިވެހި އެމްބަސީން ގެންގުޅެމުން އަންނަ ކަމަށެވެ.

Advertisement

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީ އާއި އަމިއްލައަށް ހަވާލުވެފައިވަނީ މޭ މަހުގެ އެއްވަނަ ދުވަހުއެވެ.

އަބްދުﷲ ލުތުފީ އަމިއްލައަށް އެމްބަސީ އާއި ހަވާލުވެފައިވާއިރު، އޭނާ މިހާރު ހުރީ އެމްބަސީގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާ ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނައިރު، ލުތުފީ ލަންކާ އެމްބަސީ އާއި ހަވާލުވި ދުވަސްވަރަކީ އީސްޓަރ އެޓޭކް ހަމަލާ ލަންކާއަށް ދިން ދުވަސްވަރު ކަމަށްވާތީ، ލަންކާ ސަރުކާރު އޭރު އޮތް ހާލަތުން ލަސްތަކެއް ދިމާވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ބޭސް ފަރުވާއަށް ލަންކާއަށް ފޮނުވުމުން ވަނީ ފިލާފައެވެ. ފާއިތުވި ސަރުކާރުން އޭނާ ގެނައުމަށް މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް