ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް އާއި ޚާރިޖީ ވަޒީރު ސިންގަޕޫރުގައި އުޅޭ ދިވެހިންނާއި ބައްދަލު ކުރައްވައިފިއެވެ.
30 ޖޫންގައި ބޭއްވުނު ބައްދަލުވުމުގައި ރައީސް ޞޯލިހްއާއި މިނިސްޓަރ ޝާހިދްވަނީ ސިންގަޕޫރުގައި އުޅޭ ދިވެހިންގެ ޚިޔާލު ތަކާއި ޝަކުވާތައް އަޑު އައްސަވާފައެވެ. އަދި މި ބައްދަލުވުމުގައި ދިވެހިން ސިންގަޕޫރުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އުނދަގޫ ތަކާއި ގޮން ޖެހުންތައް ވެސް ވަނީ ހިއްސާ ކޮށްފައެވެ.
ސިންގަޕޫރުގައި އުޅޭ ދިވެހި ރައްޔިތުންނަކީ އެ ގައުމުން ލިބޭ ފިލާވަޅުތައް ދަސްކޮށް،ހަރުދަނާ މުޖުތަމަޢުއެއް ބިނާ ކުރުމަށް މަސައްކަތް ކުރާނެ ބަޔަކަށް ވުމާއި ޚާއްސަކޮށް ދިވެހި ޒުވާނުންނަކީ ފާގަތި މުސްތަގްބަލެއް ބިނާކުރާނެ ބަޔަކަށް ވުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ މިނިސްޓަރ ޝާހިދް ވަނީ ޓްވީޓް ކުރައްވާފައެވެ.
ރައީސް އިބްރާހިމް ޞޯލިހް އާއި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ މަޝްހޫރު "ބޮޓެނިސްޓް ގާރޑެން" އަށް ވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހު ޒިޔާރަތް ކުރައްވާފައެވެ.