Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 09:51
ސިންގަޕޫރު ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދެންނެވުން ސިންގަޕޫރުގެ ރައީސާގެ ރަސްމީ ގަނޑުވަރު އިސްތާނާ އަށް ރައީސް ސޯލިހު ވަޑައިގަންނަވަނީ
ސިންގަޕޫރު ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދެންނެވުން ސިންގަޕޫރުގެ ރައީސާގެ ރަސްމީ ގަނޑުވަރު އިސްތާނާ އަށް ރައީސް ސޯލިހު ވަޑައިގަންނަވަނީ
ރައީސް އޮފީސް
ރައީސް ސިންގަޕޫރަށް ވަޑައިގެންނެވުން
ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރުން ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް
ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު "އިސްތާނާ" ގައި އެދެކަނބަލުންނަށް މަރުހަބާ ދެންނެވީ އެގައުމުގެ ރައީސް ހަލީމާ ޔައުގޫބު
ސިންގަޕޫރުގައި ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދަލު ކުރެއްވި

ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގެ ރިޔާސީ ގަނޑުވަރުން ހޫނު މަރުހަބާ އެއް ދަންނަވައިފިއެވެ.

މިއީ ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު "އިސްތާނާ" ގައި އެދެކަނބަލުންނަށް މަރުހަބާ ދެންނެވީ އެގައުމުގެ ރައީސް ހަލީމާ ޔައުގޫބެވެ.

Advertisement

ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބާއި ރައީސް ސޯލިހު ބައްދަލު ކުރައްވަނީ

ހޯމަ ދުވަހުގެ ހެނދުނު އޮތް ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރުގެ "ބޮޓޭނިކަލް ގާޑަން" މާ ބަގީޗާ އަށް ވަޑައިގެން އިއްޒަތްތެރިންގެ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ސިންގަޕޫރުގެ ރައީސްގެ އިތުރުން އެގައުމުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގާ ވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.

ބޮޑުވަޒީރު ލީ ސިއެން ލޫންގާ ރައީސް ސޯލިހު ބައްދަލު ކުރައްވަނީ

އެ ބައްދަލު ކުރެއްވުންތަކުގައި ދެ ގައުމުގެ ގުޅުން މިހާރު އޮތް ދާއިރާތަކާއި އިތުރަށް ގުޅުން ބަދަހިކޮށް، ފުޅާ ކުރުމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތުރުފުޅުގައި، އައިއެސްޑީ ކައުންޓަރ- ޓެރަރިޒަމް ސެންޓަރު އަދި ސިންގަޕޫރުގެ ނެޝަނަލް އެންވަޔަރަންމަންޓް އެޖެންސީގެ ބެލުމުގެ ދަށުން ހިންގާ ޕަލައު ސިމަކު ލޭންޑްފިލް، އަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ވަނީ ސިންގަޕޫރުގައި ދިރިއުޅުއްވާ ރައްޔިތުންނާއި އާދީއްތަ ދުވަހު ބައްދަލު ކުރައްވާފައެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ސޯލިހު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް