Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 00:49
މަނަފަރުގެ މެނޭޖްމަންޓާއެކު މިނިސްޓަރ އަލީ ވަހީދު
މަނަފަރުގެ މެނޭޖްމަންޓާއެކު މިނިސްޓަރ އަލީ ވަހީދު
ޓްވިޓަރ
މަނަފަރު ރިސޯޓު
މަނަފަރު ރިސޯޓުގެ މުވައްޒަފުން ވަކިނުކުރަން ނިންމައިފި
މަނަފަހަރު ރިސޯޓުން މުވައްޒަފުން ވަކިކުރަން ދިން ސިޓީ ވަނިީ އަނބުރާ ނަގާފައި

ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުގެ ވިޔަފާރި ދަށްވުމުގެ ސަބަބުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމި ނިންމުން އަނބުރާ ނަގައި، އެއްވެސް މުވައްޒަފަކު ވަކިނުކުރަން ނިންމައިފިއެވެ.

ޓޫރިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، މަނަފަރު ރިސޯޓްގެ މުވައްޒަފުން ވަކި ކުރަން ނިންމި ނިންމުން ބަދަލުކޮށް، ވަޒީފައިން ވަކިކުރަން މުވައްޒަފުންނަށް ދިން ސިޓީތަށް އަނބުރާ ނަގާފައިވާ ކަމަށެވެ.

އެ އެސޯސިއޭޝަނުން ވަނީ މަނަފަރު ރިސޯޓަށް ވަޑައިގެން، މައްސަލަ ހައްލު ކޮށްދެއްވުމަށް ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. މައްސަލަ ހައްލުކުރުމަށް ރިސޯޓަށް ވަޑައިގެންނެވީ މިނިސްޓަރ އަލީ ވަހީދު އެވެ. މިނިސްޓަރ އެ ރިސޯޓަށް ވަޑައިގެންފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު އެވެ.

Advertisement

މި އަހަރު މަނަފަރު ރިސޯޓުގެ މާލީ ހާލަތު ދަށްވެ ރިސޯޓުގެ ބައެއް ކަންކަން ރީސްޓްރަކްޗަރ ކުރުމުގެ އިތުރުން ބައެއް މަގާމުތައް އުވާލަން ޖެހިފައިވާ ކަމަށް މެނޭޖްމަންޓުން މުވައްޒަފުންނަށް އެންގުމުން، އެކަމާ ގުޅިގެން ރިސޯޓުގެ މުވައްޒަފުން ވަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއްވެސް ކޮށްފައެވެ.

މިދިޔަ އަހަރު އޯގަސްޓު މަހުގެ މިނިސްޓްރީގެ އިންސްޕެކްޝަން ރިކޯޑްތައް ދައްކާގޮތުން މަނަފަރު ރިސޯޓްގައި ދިވެހިންގެ ރޭޝިއޯ 60 އިންސައްތައަށްވުރެ މަތި އެވެ. އަދި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިއަހަރު ފެބްރުއަރީގައި ހެދުނު ސޭފްޓީ އޮޑިޓްއިން ދައްކާގޮތުން އެ ރިސޯޓުގައި 56 އިންސައްތަ ދިވެހިންގެ ރޭޝިއޯ ހިފެހެއްޓިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް