ގޭމް އޮފް ތްރޯންސްގެ ތަރި ސޯފީ ޓާރނާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް ދެވަނަ ފަހަރަށް ކައިވެނި ކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ފްރާންސްގައި ބޭއްވި މި ކައިވެނީގެ ހަފްލާގައިވެސް އާއިލާ އާއި ގާތް އެކުވެރިން ވަނީ ބައިވެރި ވެފައެވެ.
މި ކައިވެންޏަށް ތައްޔާރުވެފައި ވަނިކޮށް ނަގާފައިވާ ފޮޓޯތަކުގައި ކަޅުކުލައިގެ ސޫޓެއްގައި ޖޯ ހުރިއިރު ސޯފީ ފެނިގެންދަނީ ހުދު ކުލައިގެ ވެޑިން ގައުން އެއްގައެވެ.
މި ކައިވެނީގެ ހަފްލާއަށް ދެފަރާތުގެ އާއިލާ ފްރާންސަށް ގޮސްފައިވަނީ މި ހަފްތާގެ ކުރީ ކޮޅުއެވެ.
ސޯފީ 23، އާއި ޖޯ 29، ފުރަތަމަ ފަހަރަށް ކައިވެނި ކޮށްފައިވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ލަސް ވޭގަސް ގައި ހުންނަ މަޝްހޫރު ލިޓްލް ވައިޓް ޗަޕެލްގައެވެ.
ސަޕްރައިޒްއެއްގެ ގޮތުގައި މި ކައިވެނި ކޮށްފައިވާއިރު މި ހަފްލާގައި ވެސް އާއިލާ އާއި ދެމީހުންގެ ގާތް ރައްޓެހިން ވަނީ ބައިވެރިވެފައެވެ.
ޖޯ އާއި ސޯފީ އެންގޭޖް ކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
ޕެރިސްގައި ބޭއްވި މި މިކައިވެނީގެ ބައެއް ފޮޓޯތަކުގައި އިންޑިއާގެ މަޝްހޫރު ފިލްމްމީތަރި ޖޯގެ ބޭބެ ނިކްޖޯނަސްގެ އަންހެނުން ޕްރިޔަންކާ ޗޯޕްރާވެސް ފެނިގެންދެއެވެ.
މި ހަފްލާގައި ޖޯގެ ފަހަރި ޕްރިޔަންކާ ޗޯޕްރާ ފެނިގެން ގޮސްފައިވަނީ މަޑު ފިޔާތޮށި ކުލައިގެ ސާޅިއެއްގައެވެ.