ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 07:34
ޝާހިދު ކަޕޫރު
ޝާހިދު ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ޝާހިދުގެ އެންމެ ކާމިޔާބު ފިލްމަކަށް ކަބީރު ސިންގް
ފިލްމް ރިލީޒް ކުރިތާ އަށް ދުވަސް ތެރޭގައި ވަނީ 146.63 ކްރޯޑް ރުޕީސް ލިބިފައި

ބޮލީވުޑް އެކްޓަރ ޝާހިދު ކަޕޫރު ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް ކަބީރު ސިންގް ވަނީ ވެފައެވެ.

ފިލްމަށް ވަނީ ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 20.21 ކްރޯޑް ރުޕީސް ލިބިފައެވެ.

މި ފިލްމް ރިލީޒް ކުރިތާ އަށް ދުވަސް ތެރޭގައި ވަނީ 146.63 ކްރޯޑް ރުޕީސް ލިބިގެން ގޮސްފައެވެ.

މީގެ ކުރިން ޝާހިދު ކުޅުނު ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައިވަނީ "ޕަދްމާވަތް" އަށެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު 19 ކްރޯޑް ރުޕީސް ލިބުނެވެ.

ކަބީރް ސިންހް' އަކީ ކާމިޔާބު ތެލުގޫ ފިލްމު 'އަރްޖުން ރެއްޑީ'ގެ ރީމޭކް އެކެވެ.

ސަންދީޕް ވަންގާ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ފެނިގެންދަނީ ވަރަށް ތޫނުފިލި މެޑިކަލް ސުޓޫޑެންޓެއްގެ ދިރިއުޅުން ބަނަވެގެންދާ ގޮތެވެ. އޭނާގެ ލޯބިވެރިޔާ އެހެން މީހަކާއި ކައިވެނި ކުރުމުން އެކަމާއި ރުޅިގަދަވެ މަސްތުގެ ހާލަތުގައި ހުރެ އަމިއްލަ ނަފްސަށް ގެއްލުން ދޭ މަންޒަރު މި ފިލްމުން ފެނިގެންދެއެވެ.

މި ފިލްމްގައި ޝާހިދު އާއި އެކު ލީޑްރޯލުން ފެނިގެން ދަނީ ކިއާރާ އަދްވާނީ އެވެ.

- ކޮމެންޓް