Advertisement
ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 07:31
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
މަޖިލިސް
ފަލަ ސުރުޚީ
ސިވިލް ސާވިސްގެ މުވައްޒަފުން ވަކިކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޝަރީފް
ޕާޓީ އަކަށް ނިސްބަތްވާ މީހެއް ކަމުގައިވީ ނަމަވެސް ހައްގުތައް ރައްކާތެރިކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވި
ސިވިލް ސަރވިސްގެ މުވައްޒަފުން ކުށަކާއި ނުލާ ވަޒީފާއިން ވަކިކޮށްގެން ނުވާނެ ކަމަށް ވިދާޅުވި
ބައެއް ވަޒީފާތަކުން މީހުން ވަކިނުކުރުމުގެ ޝަކުވާ ބޮޑު

ކޮންމެ ސަރުކާރަކުން ވަޒީފާ ދީފައި ތިބި ކަމުގައިވީ ނަމަވެސް ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ޝަރީފް ވިދާޅުވީ ސިޔާސީ މަޤާމުތައް ފިޔަވައި ދައުލަތުގެ އެހެން މަޤާމުތަކުގައި ތިބި މުވައްޒަފުން ސިޔާސީ ބޭނުމަކު ނުވަތަ އެނޫންވެސް ބޭނުމެއްގައި ވަޒީފާ ދީފައި ތިބި ކަމުގައި ވިޔަސް ކުށަކާއި ނުލާ ވަޒީފާއިން ވަކިކޮށްގެން ނުވާނެ ކަމަށެވެ.

Advertisement

ސިޔާސީ މަޤާމުތަކަކީ ވަގުތީ ވަޒީފާއެއް ކަމަށާއި ސަރުކާރު ބަދަލުވުން ގެއްލޭނެ ވަޒީފާއެއްކަން ފާހަގަ ކުރައްވާ ޝަޜީފް ވިދާޅުވީ ސިވިލް ސާރވިސް މުވައްޒަފަކު ވަޒީފާގެ ޒިންމާ އަދާ ނުކޮށްގެން ނުވަތަ އެވަޒީފާއެއް އުވާލި ކަމުގައި ވިޔަސް ކުއްލިއަކަށް އެ މުވައްޒަފަކު ބޭރު ނުކުރެވެނޭކަމަށެވެ.

ބައެއް މީހުންގެ ވިސްނުން ހުންނަނީ މި ސަރުކާރު އައީމާ ޔާމީން ލީ މީހުން ކަނޑާލަން. އެއްގޮތަކަށްވެސް އެކަން އެގޮތަށް ކޮށްގެން ނުވާނެ"
ޝަރީފު

ސަރުކާރަކީ ރައްޔިތުންނަށް ހެޔޮގޮތުގައި ވެރިކަން ކޮށްދޭން އަންނަ ބައެއް ކަމަށާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް އަންނަ ބައެއް ކަމަށެވެ. އެހެންކަމުން ކޮންމެ ޕާޓީ އަކަށް ނިސްބަތްވާ މީހެއް ކަމުގައިވީ ނަމަވެސް އެންމެންގެ ހައްގުތައް ރައްކާތެރިކޮށްދޭން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް