Advertisement
ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 17:56
ޜާއިބްގެ މައްސަލަ ތަހުގީގު ކުރާ ކޮމިޓީގެ މެމްބަރު
ޜާއިބްގެ މައްސަލަ ތަހުގީގު ކުރާ ކޮމިޓީގެ މެމްބަރު
ގޫގުލް
ޖުޑިޝަލް ސަރވިސް ކޮމިޝަން
މެޖިސްޓްރޭޓް ޜާއިބްގެ މައްސަލައިގެ ތަހުގީގު ފަށައިފި
މައުލޫމާތު ލިބފައިވާ ގޮތުން ޖޭއެސްސީން ބަލަމުންދަނީ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނަ ކުރި މައްސަލަ
މައްސަލަ ބަލަމުންދަނީ ފަސް މެމްބަރުންގެ ކޮމިޓީ އަކުން
މައްސަލަ ކުރިޔަށް ދަނީ ކ. ތުލުސްދޫ ގައި

ކ. އަތޮޅު ޖުޑީޝަލް ސަރވިސްގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހްމަދާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައެޅިފައިވާ މައްސަލައިގެ ތަހުގީގު ހޮނިހިރު ދުވަހު ފަށައިފިއެވެ.

ޜާއިބާއި ގުޅޭގޮތުން ކޮމިޝަނަށް ހުށައެޅިފައިވާ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނެފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ރާއްޖެ.އެމްވީ އަށް އެނގިފައިވާ ގޮތުން ޖޭއެސްސީން ބަލަމުންދާ ރާޣިބްގެ މައްސަލައަކީ، އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލައެވެ. އޭނާގެ ތަހުގީގު ކުރިޔަށް ދަނީ ކ. ތުލުސްދޫގައެވެ. ޜާއިބް މައްސަލަ ބަލަނީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއަކުންނެވެ.

Advertisement

ޖޭއެސްސީން ޜާއިބްގެ މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާއިރު، ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރުގެ މައްސަލަތަކެއްވެސް ބެލުމަށް ވަނީ ނިންމާފައެވެ. ޝުކުރާއި ބެހޭ ގޮތުން ފަސް ޝަކުވާއެއް ވަނީ ހުށައެޅިފައެވެ. 19 ވަނަ މަޖިލީސް ފެށުމާއި އެކު ޖޭއެސްސީގެ މަސައްކަތް ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންނެވެ.

މީގެ ކުރިން ކޮމިޝަނަށް ހުށައެޅިފައިވާ ފަނޑިޔާރުންނާއި، ގާޒީންގެ ސުލޫކީ މައްސަލަތައް މިހާރު ދަނީ ބަލަމުންނެވެ. ޖޭއެސްސީން މަޖިލީހަށް ހުށައަޅައިގެން ގދ. ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 ޖޫން 2019 | ހޮނިހިރު 23:41
މޫސަ
ކ.ތުލުސްދޫގައި ހުރި މެޖިސްޓްރޭޓަކު މާލެ ގެނައުމާއި ތަހުޤީޤު ކޮމެޓީގެ 05 މެންބަރުން ތުލުސްދުއަށް ދިޔުމާ މި ދެގޮތުން ދައުލަތަށް ހަރަދު ކުޑަވާނީ ކޮން ގޮތެއްތޯ؟