Advertisement
ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 17:32
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ނޫސްވެރިންގެ ބައްދަލުވުމުގައި
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ނޫސްވެރިންގެ ބައްދަލުވުމުގައި
ރާއްޖެއެމްވީ
އެމްއެންޑީއެފް
ބޭރު ގައުމެއްގެ އަސްކަރީ ބޭސްއެއް އެޅުމަށް ފުރުސަތު ނުދޭނަން: އެމްއެންޑީއެފް
ސަރުކާރުން ވެސް އެފަދަ ވިސްނުމެއް ނުގެންގުޅޭ
އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ބޭރުގައުމުތަކުން އެހީތެރިކަން ހޯދާ

ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ ބޭސްއެއް އެޅުމަށް ފުރުސަތު ނުދޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

Advertisement

އެމްއެންޑީއެފްގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އެއްވެސް ގައުމެއްގެ ބޭސް ރާއްޖޭގައި އެޅުމަށް ނުވަތަ ގާއިމްކުރުމަށް ދިވެހި ސަރުކާރުގެ ވިސްނުމެއް ނެތްކަމަށެވެ. އަދި އެފަދަ ފުރުސަތު ވެސް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިލިޓަރީ ބޭސް އެއް ދިވެހިރާއްޖޭގެ އެއްވެސް ގައުމަކަށް ދާއިމީކޮށް އަދި ޓެންޕްރަރީކޮށް މިލިޓަރީ ބޭސްއެއްގެ ގޮތުގައި ދިނުމުގެ އެއްވެސް ވިސްނުންފުޅެއް ނެތްކަމުގެ ޔަގީންކަން އަޅުގަނޑު މިފުރުސަތުގައި އަރުވަން.
މޭޖަރ ޖެނަރަލް ޝަމާލު

މޭޖަރ ޖެނަރަލް ޝަމާލު ވިދާޅުވީ ދިވެހިންގެ އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަބަދުވެސް ބޭރުގެ ގައުމުތަކުގެ އެހީތެރިކަން ހޯދާ ކަމަށެވެ. އެގޮތުން ތަމްރީނާއި ވަސީލަތުގެ އެހީއާއި ގާބިލްކަން އިތުރުކުރުމުގެ އެހީތެރިކަމާ އަދި ގުޅިގެން ސަވައިލަންސް އޮޕަރޭޝަންސްތައް ހިންގުމަށް އެހީތެރިކަން ހޯދަމުން ގެންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އުތުރު ތިލަފަޅު އިންޑިއާގެ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން ދޭން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ޖެނަރަލް ޝަމާލް ވިދާޅުވީ އެތަނުގައި ކޯސްޓްގާޑުގެ އުޅަނދުތައް އަޅާފައި ބެހެއްޓުމަށާއި، މެއިންޓަނަންސް މަސައްކަތް ކުރެވޭ ގޮތަށް ޕްލޭން ކުރަމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ އުތުރު ތިލަފަޅުގައި އެފަދަ ތަނެއް ގާއިމު ކޮށްފިނަމަ، ކޯސްޓް ގާޑުގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުވާނެ ކަމަށާއި، މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބޭނެ ކަމަށެވެ.

ޝަމާލު ވިދާޅުވީ މިހާރު ސިފައިންގެ އުޅަނދުތައް ބަލަހައްޓައި މަރާމާތުކުރަމުން ގެންދަނީ މާލޭގެ ބޭރުފަޅުގައި ބާއްވައިގެން ކަމަށެވެ.

އެއްވެސް ގައުމެއްގެ އަސްކަރީ ބޭސްއެއް އެޅުމަށް ފުރުސަތު ނުދެނޭކަމަށް ވިދާޅުވެފައިވާއިރު އިންޑިއާ ސިފައިންގެ އަސްކަރީ ބޭސްއެއް ހަދަން މަސައްކަތްކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނިވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 ޖޫން 2019 | ހޮނިހިރު 19:31
Moosa
ތީ ކޮންބަޔަކު އޮޅުވާލަން ދައްކާ ވާހަކައެއަތޯ މިހާރުވެސް އައްޑޫސިޓީގަ އެބައަޅާ އިންޑިއާގެ މިލިޓަރީ ބޭހެއް.