Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 22:27
ފަނޑިޔާރު ދީދީ (މ)
ފަނޑިޔާރު ދީދީ (މ)
ޝުއައިބް މުހައްމަދު އިގްބާލް
ފަނޑިޔާރު އަބްދުﷲ ދީދި
އަމިއްލަ ދަތުރުފުޅެއްގައި ފަނޑިޔާރު ދީދީ މެލޭޝިޔާއަށް ފުރާވަޑައިގެންފި
ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވިކަން ޤާނޫނީ ވަކީލުން ކަށަވަރުކޮށްދީފައިވޭ
ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވަނީ ހުކުރު ދުވަހު
ޑީޑީ ވަޑައިގެންނެވީ މެލޭޝިޔާއަށް

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ ސުުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.

ރާއްޖެ.އެމްވީއަށް އިތުބާރުހުރި މަސްދަރުތަކުން އެނގިފައިވާގޮތުގައި ފަނޑިޔާރު ދީދީ ފުރާވަޑައިގެންފައިވަނީ ހުކުރު ދުވަހުގެރޭ ވަގުތެއްގަ އެވެ. އަދި ވަޑައިގެންފައިވަނީ މެލޭޝިޔާއަށްކަން އެނގިފައިވެއެވެ.

Advertisement

އެނގިފައިވާގޮތުން ފަނޑިޔާރު ދީދީ މެލޭޝިޔާއަށް ވަޑައިގެންފައިވަނީ ޖޭއެސްސީގެ ހުއްދަ ހޯދުމަށްފަހު އެވެ. އަދި ޖޭއެސްސީން ފަނޑިޔާރު ދީދީއަށް 15 ދުވަސްދީފައިވާކަން އެނގިފައިވެއެވެ. ޖޭއެސްސީންވެސް ވަނީ އެކަން ރާއްޖެ.އެމްވީއަށް ކަށަވަރުކޮށްދީފަ އެވެ.

ފަނޑިޔާރު ދީދީގެ ޤާނޫނީ ވަކީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަނޑިޔާރު އެނބުރި ވަޑައިގަންނަވާ ދުވަަސް ޖޭއެސްސީއަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ ދަތުރުފުޅަކީ ކުރިންވެސް ރޭވިފައިވާ ދަތުރުފުޅެއްކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރު ދީދީގެ މައްޗަށް ކުރެވެނީ ބޮޑެތި ތުހުމަތުތަކެއް

ދީދީގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނަތުގައި ހިމެނޭ މީހުންގެ އަތުން ފައިސާ ނެގުމުގެ އިތުރުން މަގާމު ބޭނުންކޮށް ނާޖާއިޒު މަންފާ ހޯދުންވެސް ހިމެނެއެވެ. އެ ހުރިހާ ތުހުމަތުތަކަކަށް ދީދީ އިންކާރު ކުރައްވައެވެ.

ޖޭއެސްސީން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ތަހުޤީޤުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، ފަނޑިޔާރު ދީދީގެ އަނބިކަނބަލުންނަށް ނުފޫޒުން މަޤާމެއް ހޯދައިދެއްވުމަށް އެދިވަޑައިގެން ކޮށްފައިވާ މެސެޖުތަކެއް ވެސް ހިމެނެ އެވެ. އެގޮތުން މެލޭޝިއާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް އޭނާގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ގަފޫރު ހަމައްޖައްސައިދޭން އެދިފައިވާކަން އެ މެސެޖުތަކުން ހާމަވެއެވެ.

އޭގެ އިތުރުން އޭސީސީ އަށް މީހަކު އައްޔަންކުރުމުގައި ވެސް ވަކި މީހެއްގެ ނަން އަބްދުﷲ ދީދީ "ސަސްޕެކްޓް 1" ގެ ފޯނަށް ފޮނުވާފައިވާކަން އެނގޭ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ. އަދި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން އަބްދުﷲ ދީދީ، ކުށުގެ ވެށީގައި ހިމެނޭ މީހަކު މުއާމަލާތް ކޮށްފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށާއި، އަދި އެ މީހާ ވަނީ އަބްދުﷲ ދީދީ ބަންދުން ދޫކޮށްލާފައި ކަމަށް ވެސް ޖޭއެސްސީން ތަހުޤީޤްގައި ހާމަކޮށްފައި ވެެއެވެ.

ޖޭއެސްސީން ކުރިއަށްގެންދިޔަ ތަހުޤީޤުން ހާމަވި އިތުރު ކަންތައްތަކުގެ ތެރޭގައި ސިޔާސީ ފަރާތްތަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް އަބްދުﷲ ދީދީ އަށް ފައިސާ ދިންކަން ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލޯންޑަކުރުމުގެ ތުހުމަތުކުރެވޭ މީހުންގެ އަތުން އަބްދުﷲ ދީދީ އެކި ފަހަރުމަތިން ފައިސާ ނެންގެވި ކަމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން އުޅުއްވި ކަމަށް ބެލެވޭ ހެކި އެމްއެމްޕީއާރްސީގެ ތަހުގީގުން ފުލުހުންނަށް ލިބިފައިވާކަން ވެސް ހާމަކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
28 ޖޫން 2019 | ހުކުރު 23:43
ބޭބެ
އެމް އެމް ޕީ އަރ ސީ ގެ ޚިޔާނާތް މިނަމަކީ 18 އަހަރުދުވަހުގެ ތެރެޔގާ އެމީހެއްގެ މައްޗށް ވައްކަމާއި ޓެރަރިޒަމާއި ބަދުަޚުލާގީ އާއި ދޮގުމަޢުލޫމާތު ފެތުރުނފަދަ ބޮޑަތިޖަރީމާހިންގާ ގެން 8 ފަހަރު ޖިނާޢީ ކުށް ސާބިތުވެ ޖިނާޢީ 8 ހުކުމް ކުޮށްފައިވާ ޤައުމީ ބޮޑު މުޖުރިމު އެފަހަރަކު ރުޅިއަންނަ ކޮންމެ މީހެއްގެ އަބުރު ކަނތިލުމަށް ބޭނުނކުރާ ބަހާއަކަށް މިހާރުވަނީ ހަދާފަ