Advertisement
ކ. މާލެ
|
28 ޖޫން 2019 | ހުކުރު 11:14
ރައީސްގެ އަނބިކަނބަލުން \"ޓްރައިތޮލަން އެކްސް\" ދުވުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސްގެ އަނބިކަނބަލުން "ޓްރައިތޮލަން އެކްސް" ދުވުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސް އޮފީސް
ޓްރައިތޮލަން އެކްސް
ރައީސްގެ އަނބިކަނބަލުން ޣިޔާސުއްދީންގެ "ޓްރައިތޮލަން އެކްސް"ގައި ބައިވެރިވެވަޑައިގެންފި
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތެއް

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި "ޓްރައިތޮލަން އެކްސް" ކުޅިވަރު ޙަރަކާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފަށްޓަވައިދެއްވައި އެ ޙަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

Advertisement
"ޓްރައިތޮލަން އެކްސް"، ރައީސްގެ އަނބިކަނބަލުން ފަޒުނާ ފައްޓަވައި ދެއްވަނީ

މި ޙަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހު ހެނދުނު ސޯޝަލް ސެންޓަރު ސަރަޙައްދުގައެވެ.

"ޓްރައިތޮލަން އެކްސް" ކުޅިވަރު ޙަރަކާތުގެ ތެރޭގައި ދުވުމާއި، ފެތުމާއި، ބައިސްކަލް ދުއްވުމުގެ ޙަރަކާތްތައް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ޓްރައިތޮލަން އެކްސް" ގެ ދުވުމުގެ ޙަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. އެކަމަނާގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރިންވެސް މި ދުވުމުގެ ޙަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންނާއި، ބެލެނިވެރިން ހިމެނެއެވެ.

Advertisement

Advertisement
- ކޮމެންޓް
28 ޖޫން 2019 | ހުކުރު 18:51
ކަބަލުން
ޕްރިންސިޕަލް އަށް އައްސަރިބަހާއި ސާބަސް! ޥަރަށް ކުޅަދާނަ އިނގޭތޯ. ސްޓޭޓަސް ވަރަށް ރަނގަޅު. ދިރާގު އައިމަ އަދި މާ ރަނގަޅު.