Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 18:36
ރަންނަމާރި ހަންޓު އެކްސަސައިޒްގެ ތެރެއިން
ރަންނަމާރި ހަންޓު އެކްސަސައިޒްގެ ތެރެއިން
އެމްއެންޑީއެފް
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް
ފަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ "ރަންނަމާރި ހަންޓް 2019" ނިންމާލައިފި
އެކްސަސައިޒް ފެށީ މި މަހުގެ 23 ވަނަ ދުވަހު
ރ. އަތޮޅުގެ ބައެއް ރަށްރަށުގައި ހަރަކާތްތައް ވަނީ ކުރިޔަށް ގެންގޮސްފައި
ފައިނަލް އެކްސަސައިޒް ބާއްވާފައިވަނީ ރ. ކިނޮޅޮހުގައި

ސިފައިން އަދާކުރަން ޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެކްސަސައިޒް "ރަންނަމާރި ހަންޓް" ގެ މިއަހަރުގެ ސިލްސިލާ ކާމިޔާބުކަމާ އެކު ބުރާސްފަތި ދުވަހު ނިންމާލައިފިއެވެ.

އެމްއެންޑީއެފް މާލޭ އޭރިއާގެ އިތުރުން، އެމްއެންޑީއެފް ނޮދަން އޭރިއާގެ ބައެއް ރަށްތަކުގައި ކުރިއަށްގެންދިޔަ މި އެކްސަސައިޒް ފެށީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 08:30 ގައެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ އެކްސަސައިޒްގެ ތަމްރީނުތައް ބާއްވާފައިވަނީ، އެމްއެންޑީއެފް މާލޭ އޭރިއާގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާގެ ބައެއް ރަށްތަކާއި، އެ ސަރަޙައްދުތައް ހިމެނޭ ކަނޑުގެ ސަރަޙައްދުތަކުގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

Advertisement

މި ދެ އޭރިއާގައި ގުޅިގެން ކުރިއަށްގެންދިޔަ އެކްސަސައިޒްގައި، އެމްއެންޑީއެފް މާލޭ އޭރިއާގައި ކުރިއަށްދިޔަ ތަމްރީނުތައް، މާލެ، ހުޅުލޭ، ހުޅުމާލެ އަދި ކ.ތިލަފުށި ސަރަޙައްދުގައި ބޭއްވިއިރު، އެމްއެންޑީއެފް ނޮދަން އޭރިއާއިން ރ. އަތޮޅުގެ ބައެއް ސަރަޙައްދުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ."ފައިނަލް އެކްސަސައިޒް" ބާއްވާފައިވަނީ، ރ.ކިނޮޅަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް