Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 11:49
ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ތަކެތި
ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ތަކެތި
ޕޮލިސް
ކާށިދޫ
ކާށިދޫ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް
ގޯތިތެރޭގައި ވަޅުލާފައިވަނިކޮށް 04 މޯބައިލް ފޯނާއި، ގަޑިއަކާއި 2500 ދިވެހި ރުފިޔާ ވަނީ ފެނިފަ

ކ.ކާށިދޫ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ތުހުމަތުކުރެވޭ މީހަކު ހައްޔަރު ކޮށްފިއެވެ.

ޖޫން 23 ވަނަ ދުވަހުގެ ހެނދުނު ކ.ކާށިދޫ ގެއަކުން ވައްކަން ކޮށްފައިވާކަމަށް ބުނެ ކާށިދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަަށް ފުލުހުން މައުލޫމާތު ދެއެވެ.

ހައްޔަރު ކޮށްފައިވާމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އޭނާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރޭގައި ވަޅުލާފައިވަނިކޮށް 04 މޯބައިލް ފޯނާއި، ގަޑިއަކާއި 2500 ދިވެހި ރުފިޔާ ވަނީ ފެނިފައެވެ.

Advertisement

ވައްކަމުގެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 07 ދުވަހުގެ މުއްދަތު ވަނީ ދީފައިވެއެވެ.

މި މައްސަލަ ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް