Advertisement
ކ. މާލެ
|
26 ޖޫން 2019 | ބުދަ 19:22
މަގުމަތީ ތިއްބާ ބެރިއެއްވެއްޓި އަނިޔާވި މީހެއް
މަގުމަތީ ތިއްބާ ބެރިއެއްވެއްޓި އަނިޔާވި މީހެއް
ސަން އޮންލައިން
ބަޔަކަށް އަނިޔާވުން
ގެއެއްގެ ބެލްކަނިން ބެރިއެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
ހަތަރު މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވޭ
އެކިވަރުގެ އަނިޔާ ލިބިފައިވޭ
ބެރިވެއްޓި ސައިކަލު ތަކަކަށްވެސް ވަނީ ގެއްލުން ލިބިފައި

ހ. ރުއްދޮށުގޭ ބެލްކަނިން ބެރިއެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ބެރި ވެއްޓުނު އިރު ރުއްދޮށުގޭގެ ބެލްކަންޏާ ދިމާލުން މަގުމައްޗަށް ވާގޮތަށް ސައިކަލެއްގެ މަތީ ތިބި އެ ދެމީހުންނަށް އަނިޔާވީ، ބެރި ވެއްޓި، އޭގެ ދަށުވެގެން ކަމަށެވެ

ބެރި ދަށުވި ދެމީހުންގެ އަނގަ އާއި ނޭފަތުން ލޭ އަންނަމުން ދިޔަ ކަމަށް މަންޒަރު ދުށްމީހުން ބުނެފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

Advertisement

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވާގޮތުން ގެއެއްގެ ދެވަނަ ފަންގިފިލާ އިން އެއްޗެއް ވެއްޓި، އަނިޔާވެގެން ހަތަރު މީހަކު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ

އެ ހަތަރު މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އައްފާލު ވިދާޅުވިއެވެ.

އެމަންޒަރުގެ ވީޑިއޯއިން ފެންނަ ގޮތުގައި ވެއްޓިފައިވަނީ އެގޭގެ ބެލްކަނީގެ ކޮންކްރީޓް ބެރިއެކެވެ. އެ ވީޑިއޯއިން އެތާ ހުރި ސައިކަލުތަކެއް ވެއްޓިފައިވާ މަންޒަރު ފެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް