Advertisement
ކ. މާލެ
|
26 ޖޫން 2019 | ބުދަ 18:34
ޝަރިޔަތުގެ މާލަން
ޝަރިޔަތުގެ މާލަން
ގޫގުލް
ޖުޑީޝަލް ސަރވިސް ކޮމިޝަން
ކްރިމިނަލް ކޯޓަށް ދެ ގާޒީއަކު އިތުރުކުރަން ޖޭއެސްސީން ނިންމައިފި
ކްރިމިނަލް ކޯޓުގައި މިހާރު ތިއްބަވަނީ 10 ގާޒިން
ދެ ގާޒީ އިތުރުކުރަން ނިންމީ ކޮމިޝަންގެ 39 ވަނަ ޖަލްސާގައި
ގާޒީން ހޯދަން ބުރާސްފަތި ދުވަހު އިއުލާން ކުރާނެ

ކްރިމިނަލް ކޯޓަށް ދެ ގާޒީއަކުގެ މަގާމު އިތުރުކުރަން ޖުޑީޝަލް ސަރިވިސް އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ދެ ގާޒީއެއްގެ މަގާމު އުފައްދައި ދިނުމަށް ސުޕްރީމް ކޯޓުން އެ ކޮމިޝަނުގައި އެދިފައިވާ ކަމަށެވެ.

އެގޮތުން އެ މަގާމު އުފެއްދުމަށް ބުދަ ދުވަހު ބޭއްވި ކޮމިޝަންގެ 39 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement

އެ ދެ މަގާމަށް ފަނޑިޔާރުން ހޯދުމަށް ބުރާސްފަތި ދުވަހު އިއުލާން ކުރާނެއެވެ. މުއްދަތު ހަމަވާނީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގައި ދެ ގާޒީއަކު އިތުރުކުރަން ނިންމާފައިވާއިރު 10 ގާޒީއަކު ތިއްބަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް