Advertisement
ކ. މާލެ
|
26 ޖޫން 2019 | ބުދަ 18:13
އާސަންދަ ކުންފުނި
އާސަންދަ ކުންފުނި
ރާއްޖެ އެމްވީ
"ސިކާވަތު"ގެ ނަމުގައި މެސެޖް ކުރެވޭ ނަމްބަރު
އާސަންދަ ކުންފުނިން ރައްޔިތުންގެ ޝަކުވާތަކާއި ސުވާލުތައް ހުށައެޅުމަށް ނަމްބަރެއް ތައާރަފްކޮށްފި
ވަޓްސް އަޕް، ވައިބަރގެ އިތުރުން ޓެލެގްރާމް މެދުވެރިކޮށްވެސް މެސެޖް ކުރެވޭނެ
ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ރައްޔިތުންގެ ޚިޔާލު ހުށައެޅޭނެ
އާސަންދަ ސްކީމްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރެވޭނެ

އާސަންދަ ކުންފުނީގެ މަސައްކަތްތަކާއި ބެހޭގޮތުން ރައްޔިތުންގެ ހިތުގައި އުފެދޭ ޝަކުވާތަކާއި ސުވާލުތައް ހުށައެޅުމަށް "ސިކާވަތު"ގެ ނަމުގައި މެސެޖް ކުރެވޭ ނަމްބަރެއް ތައާރަފް ކޮށްފިއެވެ.

އާސަންދަ ކުންފުނިން ބުދަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ "ސިކާވަތު"ގެ ނަމުގައި މެސެޖް ކުރެވޭ (7951400) މި ނަމްބަރަށް ވަޓްސް އަޕް، ވައިބަރގެ އިތުރުން ޓެލެގްރާމް މެދުވެރިކޮށް ވެސް މެސެޖް ކުރެވޭނެ ކަމަށެވެ. އަދި ޝަކުވާއާއި ސުވާލުގެ އިތުރުން އާސަންދައިގެ ޚިދުމަތްތަކާއި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާއި ބެހޭގޮތުން އެއްވެސް ކަމެއް ރިޕޯޓްކުރައްވަން ބޭނުންފުޅު ވާނަމަ މެސެޖާއި ފޮޓޯ ވެސް އެ ނަމްބަރަށް ފޮނުއްވެވޭނެ ކަމަށް އެ ކުންފުނީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

މީގެ އިތުރުން އެކުންފުނީގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ރައްޔިތުންގެ ޚިޔާލު ވެސް ތައާރަފް ކޮށްފައިވާ ނަމްބަރަށް ފޮނުވޭނެ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައި ވެއެވެ. އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ސަރުކާރުން 2011 ވަނަ އަހަރު ޤާއިމްކޮށްފައިވާ ކުންފުންޏެކެވެ.

އާސަންދަ ސްކީމްގެ ދަށުން ރާއްޖޭގައި ސިއްޚީ ޚިދުމަތް ފޯރުކޮށްދޭ ގިނަ ތަންތަނުން ބޭސްފަރުވާ ކުރެވޭއިރު ރާއްޖެއިން ބޭރުން ސްރީލަންކާގެ އިތުރުން އިންޑިއާގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ގިނަ ތަންތަނުން އާސަންދައިގެ ދަށުން ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް