ކ. މާލެ
|
26 ޖޫން 2019 | ބުދަ 16:32
އެމްޑީޕީ ހަރުގޭގައި ބޭއްވުނު ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޑީޕީ ހަރުގޭގައި ބޭއްވުނު ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ރައީސް
އެމްޑީޕީއިން ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަ - ރައީސް
ރައީސް އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވި

އެމްޑީޕީއިން ރައްޔިތުންނަށްޓަކާ ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިގޮތަށް ވިދާޅުވީ އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ. އެޓްވީޓުގައި އެމްޑީޕީގެ މެމްބަރުންނަށް ޕާޓީގެ 14 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ވެސް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ 14ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު، އެމްޑީޕީ އަކީ ރާއްޖޭގައި ސިޔާސީޕާޓީ ހިންގުމަސް 2005 ވަނަ އަހަރު ހުއްދަ ދިނުމާއެކު އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ޕާޓީއެވެ. އެމްޑީޕީގެ ފަރާތުން ފުރަތަމަ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނު އިންތިހާބުގައި ބަލި ކުރައްވައިފައެވެ.

- ކޮމެންޓް
26 ޖޫން 2019 | ބުދަ 17:40
ސީދީބެ
ކޮބާމިނިވަންވޭޖުބިލުކޮބާސާވީސްޗާޖުދެނީރަގަޅަށްތޯބަލަންހަވާލުވިމިނިސްޓު އަޅުގަޑުމެންގެހަށްގުހޯދާދިނުންއަވަސްކުރޭ